އޮކްޓޯބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން 336 މިލިއަން ރުފިޔާގެ އާމްދަނީއެއް
މިއަހަރުގެ އޮކްޓޯބަރު އިމްޕޯޓާއި އެކްސްޕޯޓުން 336 މިލިއަން ރުފިޔާގެ އާމްދްނީއެއް ލިބިއްޖެއެވެ. ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުގައިި ލިބުނީ 336 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު އަށް އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް 364 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ކަސްޓަމްސަގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ފަސް ބިލ...