ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން 25،000ރ. ގެ ގިފްޓް ބަންޑައްޔެއް ހޯދުމުގެ ފުރުސަަތު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ލޯންޗްކޮށްފިއެވެ. ބީއެމްއެލުން އިއްޔެ ފެށި އެ ޕްރޮމޯޝަނަކީ އެ ބޭންކުން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނުގައި އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވާ ދެ...