އއ. ތޮއްޑޫގައި އަލަށް އިމާރާތްކޮށްފައިވާ ޒަމާނީ އައު އިންޖީނުގެއާއި ކަސްޓަމަ ސާވިސް އޮފީހުގެ ހިދުމަތް ފަށައިފިއެވެ.

އެ ރަށުގެ އިންޖީނުއަކީ ސްޓެލްކޯއިން އިމާރާތްކޮށް ހިންގާ އިންޖީނުގެއެކެވެ. މި އިންޖީނުގެއާއި ކަސްޓަމަ ސާވިސް އޮފީހުގެ ހިދުމަތް ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ.

Ad
rt

މި ޒަމާނީ އައު އިންޖީނުގެއާއެކު، ތޮއްޑޫގައި ކުރިން ބޭނުން ކުރަމުން އައި ލޯ-ވޯލްޓޭޖް ނެޓްވޯކްގެ ބަދަލުގައި އަލަށް ގާއިމް ކުރި ހައި-ވޯލްޓޭޖް ނެޓްވޯކްވެސް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ތޮއްޑޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ ތޮއްޑޫއަށް އަންނަމުންދާ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިޔާއަށް ކަމަށެް މީގެ ކުރިން ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެގޮތުން، ތޮއްޑޫއަކީ އާބާދީ ބޮޑު، ބިން ތަނަވަސް، ދަނޑުވެރި ރަށަކަށްވާ އިރު، ލޯކަލް ޓުއަރިޒަމްއަކީވެސް އެރަށުގައި ފައްކާވަމުން އަންނަ ސިނާއަތެއްކަން ސްޓެލްކޯއިން ފާހަގަ ކޮށްފައިވެއެވެ.

ސްޓެލްކޯއިން ބުނީ، އެ އިމާރާތުގެ އެންމެ ތިރީބައި ޚާއްސަކޮށްފައި ހުންނާނީ ކަސްޓަމަރުންނަށް ހިދުމަތްދޭން ކަމަށެވެ. އަދި ފުރަތަމަ ފަންގިފިލާ ހާއްސަވާނީ މުވައްޒަފުންނަށް ޓްރެއިނިން ދިނުމަށާއި، މީޓިންތަކަށެވެ.

މީގެ އިތުރުން މި އިންޖީނުގެ އަކީ އަޑުމަޑު، ތިމާވެއްޓާއި ރައްޓެހި ތަނެއްކަންވެސް ސްޓެލްކޯއިން ފާހަގަކުރެއެވެ.