100 މިލިއަނުގެ ކޮރަޕްޝަނެއް ހިންގާކަމަށް ފަތުރާ ވާހަކަތައް ފެނަކައިން ދޮގުކޮށްފި
ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފައިވާގޮތަކަށް އަމަލުކުރާކަމަށް ފަތުރަމުންދާ ހަބަރުތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. ފެނަކައިން މިހެން ބިނެފައިވަނީ 100 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގާ ކަމަށް އިއްޔެ ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ ހަބަރާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ފެނަކައިން ބުނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއ...