ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށައިފިއެވެ.
މިދަތުރުތައް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، ބެންގަލޫރަށް ދަތުރު ފަށަން ނިންމީ އިންޓަނޭޝަނަލް މަންޒިލްތަކަށް ކުރާ ދަތުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ.
ބެންގަލޫރަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭސްފަރުވާއަށް ވަރަށް ގިނައިން ދަތުރުކުރާ މަންޒިލެކެވެ. އެހެންކަމުން މޯލްޑިވިއަނުން މި ފެށި ދަތުރުތަކާއެކު ބެންގަލޫރާއި ރާއްޖެއާއި ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އިިތުރު ލުއިފަސޭހަތަކެއް ލިބެންދާނެކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެއެވެ.
މޯލްޑިވިއަނުން އަންނަނީ އިންޑިއާ އަދި ބަންގްލަދޭޝަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރަުންނެވެ. އެގޮތުން އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިންގެ އިތުރުން މިހާރު ބެންގަލޫރަށް އެ އެއާލައިނުން ދަތުރުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!