ގްރައުންޑް ކޮށްފައި އޮންނަތާ އެތައް ދުވަހެއްފަހުން މަހާ ޖައްރާފު އޮޕަރޭޝަނަށް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޮޑު ޑްރެޖަރު “މަހާ ޖައްރާފު” ހަލާކުވެ އަހަރަކަށް ވުރެ ގިނަ ދުވަހު ގްރައުންޑުވެފައި އޮތުމަށް ފަހު މަރާމާތުކޮށް އޮޕަރޭޝަނަށް ނެރެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މަހާ ޖައްރާފު ގްރައުންޑު ކުރިތާ 20 މަސް ދުވަސްވެފައިވާ ކަމަށެވެ. މީގެ ސަބަބުން، އެމްޓީސީސީން ކުރިއަށްގެންދިޔަ ބިންހިއްކުމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް އެ ކުންފުނިން ބުންޏެވެ. މަހާ ޖައްރާފު ގްރައުންޑްވާން ދ...