މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތާއި ރޯދަ ހަދިޔާގެ ގޮތުގައި 5،000ރ. ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ. އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ފައިސާ މާދަމާ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށެވެ. ހަމައެއާ އެކީގައި ކުންފުނިން ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން ރަަމަޟާން މަހާ ގުޅުވައިގެނ...
މުޙައްމަދު
މި މަހުގެ ތެރޭގައި އަތޮޅު ދުވުން ކުޅެގެން ލީޑާބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް ދެމީހުންގެ އުމްރާ ދަތުރެއް ދޭން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ. “އަތޮޅު ދުވުން” އަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ. އުރީދޫން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، “ހަސަނަށް ފޯނެއް”ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި ދާނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ […]
އަޙްމަދު ވަހީދު
ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ، މިއަހަރުގެ ރޯދަޔަށް ގެނައި ފިޔާ، ބިސް އަދި އަލުވީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސް މާކެޓަށް ނެރެފައިވާ ކަމަށެވެ. އަދި މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ވިއްކަން ފަށާފައިވާ ކަމަށެވެ. ހޯލްސޭލްކޮށް މުދާ ދޫކުރާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށް ވެސް އެ ކުންފުނިން […]
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމް، ގާއިމުކޮށްފިއެވެ. މި ސިސްޓަމް ގާއިމުކޮށްފައިވަނީ އެ ރަށުގެ “ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)” އެހީގައެވެ. ބީއެމްއެލުން ބުނީ، އެ ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޯނިކްސް ސިސްޓަމް ގާއިމުކުރެވުނު ކަމަށެވެ. އެއިން ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭ ކަމަށާއި އެއްފަހަރާ 700 އަށްވުރެ ގިނަ ގަސް ހެއްދޭނެ ކަމަށްވެސް ބުންޏެވެ. އެ...
އަޙްމަދު ވަހީދު
ފުރަތަމަ ފަހަރަށް އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ރިޕޯޓުތައް ދައްކާގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 200،004 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 166،762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 19.9 އިންސައްތަ އިތުރު އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 392،389 ފަތުރުވެރިން ވަނީ...
އަޙްމަދު ވަހީދު
ކައުންސިލަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުން މުސާރައާއި އިނާޔަތްތައް މުރާޖައާކުރިއިރު މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސްގެ އިތުރުން ވަޒީރުންގެ މުސާރަ ބޮޑުކުރުމަށްވެސް މަޝްވަރާތައް ކުރިއެވެ. ނަމަވެސް ކޮމިޓީން ހުށަހެޅި ރިޕޯޓުގައި އެ ބޭފުޅުންގެ މުސާރަ ބޮޑުކުރާކަށް ހިމަނުއްވާފައި ނުވެއެވެ. މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޖިލީހުން މުސާރަތަކަށް...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޭން ޓު ޕޭ ބޭނުންކޮށްގެން ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ބީއެމްއެލް ސްކޭން ޓު ޕޭ އަކީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަނުގައި ހިމެނޭ ފީޗާއެކެވެ. މި ފީޗާ މެދުވެރިކޮށް ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ދައްކާ ލެވެއެވެ. ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި އަށް ހަފުތާއަށް ބަހާލައިގެން ކޮންމެ ހަފުތާއަކު […]
އަޙްމަދު ވަހީދު
މި އަހަރުގެ ރޯދަމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާންކޮށްފިއެވެ. އެ ބޭންކުން ބުނި ގޮތުގައި ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށެވެ. ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ބޭންކް ހުޅުވާފައި ހުންނާނީ އެ ގަޑީގައެވެ. ބީއެމްއެލް އިން ބުނީ، ރޯދަމަހުގެ ފަހު ދިހައެއްގައިވެސް އެ ބޭންކުން ހިދުމަތް ދޭނެ ކަމަށެވެ. އެ 10 ދުވަހު ހިދުމަތް ދޭނީ ހެނދުނު […]
އަޙްމަދު ވަހީދު
މަސައްކަތުގެ މާޙައުލުގައި އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ ފޯރު ކޮށްދެވޭނެ ޚިދުމަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯއިން ޚިދުމަތްދޭ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހިންގުމާއި ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަހުމީ ވިދާޅުވީ، މަސައްކަތުގެ މާޙައުލުގައި ވެރިޔަކަށް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިތުބާރު ނުކުރެވ...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސާވިސް އޭޓީއެމް ބަހައްޓައިފިއެވެ. އެ ބޭންކުން މި އޭޓީއެމްތައް ބަހައްޓައި ހިދުމަތް ދޭން ފެށީ ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. ބީއެމްއެލް އިން ބުނީ، އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ގުޅީގައި […]
އަޙްމަދު ވަހީދު
ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު 22 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު، އަޙުމަދު ލަތީފެވެ. މި މަޝްރޫއުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 65...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އިން ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ. އުރީދޫން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭ 8:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަނަށް ގޮސް ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ ހުލުމާލޭ […]
އަޙްމަދު ވަހީދު
ދިވެހި ރެޑް ކްރެސެންޓުގެ “ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް”ގައި ބައިވެރިވެ ބީއެމްއެލުން އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިވެހި ރެޑް ކްރެސެންޓުން ބުނީ، ބީއެމްއެލްގެ އެހީ ލިބުމުން، ކާރިސާތަކާއި އާންމު ހާލަތްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އެހީވުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. ދިވެހިރެޑް ކްރެސެންޓުން ކުރިއަށްގެންދާ އެކި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައި...
އަޙްމަދު ވަހީދު
ނ. ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 66,701 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2,205 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރ...
އަޙްމަދު ވަހީދު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސުކޫލްތަކަށް އަމާޒުކޮށް ލެކްޗާ ސީރީސެއް ފަށައިފިއެވެ. މި ލެކްޗާ ސީރީސްގައި އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ ގޮސްފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީގެ އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވިއެވެ. އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ. ގަވަރުނަރު ވަނީ އޭނާގެ ތަޖުރިބާ ދަރިވަރުންނާ...
އަޙްމަދު ވަހީދު