ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނުގެ އަރިހުގައި ފުވައްމުލަކުގެ މޭޔަރާއި ކޮންސްޓްރަކްޝަން މިނިސްޓަރު އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަސައްކަރް ފަށައިފައިވަނީ ދެކުނުގެ އަތޮޅުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފުވައްމުލަކަށް ވަޑައިގެންނެވެ. ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގު...
އަޙްމަދު ވަހީދު
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މަޝްރޫއުގެ ދަށުން، ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 48 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓ...
އަޙްމަދު ވަހީދު
ބ. ދަރަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތުދޭ ގޮތުގައި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 30,504 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއ...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާ ގުޅާލައިފިއެވެ. މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މި ސިސްޓަމް މަސައްކަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް އުރީދޫއިން ބުންޏެވެ. މި ކޭބަލް ލޭންޑިން ސައިޓާ ގުޅާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާ ބެހޭ، މިނިސްޓަރ...
އަޙްމަދު ވަހީދު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހަދައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމުކުރީ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކުން ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގެ ދަތިކަމުގެ ޝަކުވާ ކުރަމުންދާތީ ކަމަށެވެ. ޖެޓީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން “މައި ހުޅުމާލެ” ޕޯޓަލުގައި ރަޖިސްޓަރީވެ ޖާގަ ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް އެ ކުން...
އަޙްމަދު ވަހީދު
ށ. މާއުނގޫދޫ ބަނދަރު ތަަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 55 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް 11 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ބޭރުތޮށި ލުމާއި، 312 […]
އަޙްމަދު ވަހީދު
ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ވެލިދޫ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ކޮލަމް ކޮންކްރީޓް މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން ލީން ކޮންކްރީޓާއި ޓައި ބީމް މަސައްކަތްތައް މިހާރު ވަނީ ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން، 10,276 އަަކަ ފޫޓުގެ އެއް […]
އަޙްމަދު ވަހީދު
ނ. މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ޖެޓީގެ ކޮލަމް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން ޖެޓީގެ ބާބެންޑިން އަދި ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް […]
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ވަގުތުން އެޕްރޫވްކޮށްދޭން ނިންމައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިން ލިބޭ އަދަދު ފެންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދެވޭނެ ކަމަށްވެސް ބުންޏ...
އަޙްމަދު ވަހީދު
އުރީދޫ އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް ތައާރަފުކޮށްފިއެވެ. މިއީ އުރީދޫ މޯލްޑިވްސްއާއި އަމާނަ ތަކާފުލްއާ ގުޅިގެން ތައާރަފުކުރި އިންޝުއަރެންސް ޕެކޭޖެކެވެ. މި ޕެކޭޖު ތައްޔާރުކޮށްފައިވަނީ އެމް-ފައިސާ މެދުވެރިކޮށް ނެގޭ ގޮތަށް ކަމަށް އުރީދޫން ބުންޏެވެ. އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ހިދުމަތެކެވެ. އެގޮތުން، ރާއްޖެއިން ބޭރަށް ކުރާ ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުންތަކަށް އެ ޕެކޭޖު މެދުވެރިކޮށް ބ...
އަޙްމަދު ވަހީދު
ޗައިނާގެ ޝިއަންމެން އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. އެމްއޭސީއެލް އިން ބުނީ، އެ އެއާލައިން އިން މިވަގުތު ކުރަނީ ޗާޓާ ދަތުރުތަކެއް ކަމަށެވެ. އެގޮތުން، މިއަދު އައި ފްލައިޓުގެ އިތުރުން މިމަހުގެ 18 އާއި 22 ގައި ވެސް ދަތުރުތައް ރާއްޖެއަށް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ޗައިނާގެ ފޫޖިއަން ސިޓީއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެކެވެ. އެ އެއާލައިނުން މިއަދު ވަނީ ރާއްޖެއަށް 238 ފަތުރިވެރިން ޒިޔާރަތް ކޮށްފައެވެ. ކުރިއަށް އޮތްތަނުގައި […]
އަޙްމަދު ވަހީދު
އުރީދޫ 2024 ގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީ ޑްރޯ ގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ. އުރީދޫ މޯލްޑިވްސް ގެ މި ފުރުސަތުގައު ނަސީބުވެރިންގެ ގޮތުގައި ހޮވުނީ އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހްމަދުއެވެ. އެ ދެ ކަސްޓަމަރުންނަށްވެސް އެ ކުންފުނިން ވަނީ މަރުހަބާ ކިޔާފައެވެ. މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވައި، މުޖުތަމައާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު […]
އަޙްމަދު ވަހީދު
ތިލަފުށިން ހިއްކަން ކަނޑައެޅި ސަރަހައްދު ހިއްކައި ނިންމާލައިފިއެވެ. އެޗްޑީސީން ބުނީ ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން މުޅި ޖުމްލަކޮށް 120 ހެކްޓަރު ހިއްކާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. ތިލަފުށީގެ […]
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސްގެ ކަސްޓމަރުންނަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ މާލޭގެ އެކްސްޕީރިއަންސް ސެންޓަރު ދަނބު ގޯޅިއަށް ބަދަލުކޮށްފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރު (އޯއީސީ) ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ. ސިސިލް ގާޑަން, ދަނބު ގޯޅީގައި މިހުޅުވުނު އެކްސްޕީރިއަންސް ސެންޓަރާއެކު މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކަށް ވާނީ މި ސެންޓަރު ކަމަށް އުރީދޫއިން ބުންޏެވެ. މި ސެ...
އަޙްމަދު ވަހީދު
ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ކުރިން އަދާކުރެއްވި އަހްމަދު ޝަހީރު ހަމަޖައްސަވައިިފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ޝަހީރު މި މަގާމަށާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމަށް ހަމަޖެއްސީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. ޝަހީރު ވަނީ ކުރީގެ ރައީސް، އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ސަރުކާރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އެސްޓީއޯގެ އެމްޑީކަމަށް ހަމ...
ޔުމްނާ ޢަލީ