ކިވާއީގެ އައު އައުޓްލެޓެއް ބުރާސްފަތި ދުވަހު ހުޅުވަނީ، އެ ދުވަހު ހިލޭ ހަދިޔާ އާއި ޑިސްކައުންޓް!
އަރޯމާގެ ގިނަ އުފެއްދުންތަކާއި ކުޑަކުދިންގެ ސާމާނު ވިއްކަމުން އަންނަ ކިވާއީގެ އައު އައުޓްލެޓެއް އަންނަ ބުރަމާސްފަތި ދުވަހު ހުޅުވަން ތައްޔާރުވެއްޖެއެވެ. ކިވާއީގެ މި އައުޓްލެޓް ހުޅުވަނީ މަޖީދީމަގު، ގ. ސިރުމުތުގައެވެ. މި އައުޓްލެޓް ހުޅުވާނީ 28 މާޗުވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައެވެ. އައު އައުޓްލެޓް ހުޅުވުމުގެ ގޮތުން ބުރާސްފަތި ދުވަހު ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ އައުޓްލެޓުން ވިއްކާ ސާމާނުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭއިރު ކޮންމެ ވިޔ...