މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 57 ވަނަ ޞަފްޙާ

ކޮލަމާފުށި ބިން ހިއްކަން ތައްޔާރުވެއްޖެ

ކޮލަމާފުށި ބިން ހިއްކަން ތައްޔާރުވެއްޖެ

ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މި މަހުގެ ތިން ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 823 މީޓަރުގެ ސަރަހައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހަދާނެއެވެ. މިއީ 41.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކ...

އަޙްމަދު ވަހީދު
ގިރާވަރުފަޅުން ދޫކޮށްފައިޗާ 1،347 ބިން ގުޅީފަޅަށް ބަދަލުކުރަނީ

ގިރާވަރުފަޅުން ދޫކޮށްފައިޗާ 1،347 ބިން ގުޅީފަޅަށް ބަދަލުކުރަނީ

ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 1،347 ބިން، ގުޅީފަޅަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ. އެހެންވެ، އެފަދަ ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސްޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނެގެން ނެތް ކަމަށް އެ މިނ...

އަޙްމަދު ވަހީދު
މޯލްޑިވިއަނުން ކޫއްޑުއާއި އައްޑުއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

މޯލްޑިވިއަނުން ކޫއްޑުއާއި އައްޑުއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ގދ. ކޫއްޑޫ އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށަން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ. މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދެ ސަރަހައްދުގައި އެ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ އިތުރަށް ވިޔަފާރީގެ ގުޅުންތައް އިތުރުވާނެ ކަމަށެވެެ. އަދި ދެކުނު ސަރަހައްދުގެ ތަރައްގީއަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި...

އަޙްމަދު ވަހީދު
ބީއެމްއެލުން ހިއްސާއަަކަށް 50 ރުފިޔާ ބަހަން ހުށަހަޅައިފި

ބީއެމްއެލުން ހިއްސާއަަކަށް 50 ރުފިޔާ ބަހަން ހުށަހަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 50 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ. ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރަކީ އެ ބޭންކަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލްގެ ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބުންޏެވެ. […]

އަޙްމަދު ވަހީދު
އެމްޕީއެލުން ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި

އެމްޕީއެލުން ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި

އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފިއެވެ. ސްޓީވްޑޯރިން ފީ އަކީ ވިޔަފާރި ބަނދަރުތަކުން ބޯޓުފަހަރުތަކުން، ކޮންޓެއިނާތައް އެރުވުމަށާއި ބޭލުމަށް އެ ބޯޓުތަކުގެ އޭޖެންޓުންގެ އަތުން ނަގާ ފީ އެކެވެ. މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ފީ ޑޮލަރުން ނަގަން ފަށާފައިވާއިރު 20 ފޫޓުގެ ކޮންޓެއިނާއަކުން ސްޓީވްޑޯރިން ފީގެ ގޮތުގައި ނަގަނީ 195 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން ނަގަނީ 211 ޑޮލަރެވެ. މިއީ މީގެ 12 […]

އަޙްމަދު ވަހީދު
މި މަހު އުރީދޫ އަތޮޅު ދުވުމުގެ އިނާމަކީ އިންސްޓަ 360 ކެމެރާއެއް

މި މަހު އުރީދޫ އަތޮޅު ދުވުމުގެ އިނާމަކީ އިންސްޓަ 360 ކެމެރާއެއް

އުރީދޫއިން ތައާރަފުކޮށްފައިވާ “އަތޮޅު ދުވުން” ގޭމުގެ މި މަހުގެ އިނާމެއް ގޮތުގައި އިންސްޓަ 360 ކެމެރާއެއް ހުށަހަޅައިފިއެވެ. ކި އިނާމު ލިބޭނީ އަތޮޅު ދުވުން ގޭމުގައި މި މަހުގެ ލީޑާ ބޯޑުން އެއްވަނަ އަށް ދާ ކުޅުންތެރިއަކަށެވެ. މިއީ އުރީދޫން ސީގިއާ އާ ގުޅިގެން ހުށަހެޅި އިނާމެކެވެ. އަތޮޅު ދުވުމުގެ މި މަހުގެ ލެވަލްގައި ހިމަނާފައި ވަނީ ބ. އޭދަފުއްޓެވެ. “އަތޮޅު ދުވުން” ގޭމަކީ “އެންޑްލެސް ރަނާ” ޖޯންރާއަށް ތައްޔާރުކޮށްފައިވާ ފުރަތަމަ ދިވެހި ގޭމެވެ. މި ގޭމުގައި […]

އަޙްމަދު ވަހީދު
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ 2 ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައު އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން companysecretary@mtcc.com.mv އަށް އީމެއިލް ކުރަންޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތައް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިން އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރާ...

އަޙްމަދު ވަހީދު
އެމް-ފައިސާއިން އެކި ގައުމުތަކަށް ފައިސާ ފޮނުވޭނެ ގޮތް ފަށައިފި

އެމް-ފައިސާއިން އެކި ގައުމުތަކަށް ފައިސާ ފޮނުވޭނެ ގޮތް ފަށައިފި

އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ފައިސާ ފޮނުވޭނެ ހިދުމަތް ތައާރަފުކޮށްފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މިއީ، އުރީދޫގެ އެމް-ފައިސާއިން މަނީގްރާމް އިންޓަނޭޝަނަލްއާ އެކު ހެދި ޕާޓްނަޝިޕުގެ ދަށުން ތައާރަފް ކުރި ހިދުމަތެކެވެ. މަނީގްރާމް އިންޓަނޭޝަނަލް އަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. އެމްފައިސާއަށް ތައާރަފްކުރި މި ހިދުމަތުގެ ދަށުން ބެންކު އެކައުންޓާއި މޮބައިލް ވޮލެޓަށް ފައިސާ ފޮނުވޭނެއެވެ. އަދި މަނީގްރާމްގެ...

އަޙްމަދު ވަހީދު
ވެމްކޯގެ ކުނި ޕިކަޕްގެ ފީ 500ރ. އަށް ކުޑަކުރަން ނިންމައިފި

ވެމްކޯގެ ކުނި ޕިކަޕްގެ ފީ 500ރ. އަށް ކުޑަކުރަން ނިންމައިފި

މާލެ ސަރަހައްދުގެ ގެތަކުން ނެރޭ ބޮޑެތި ކުނިތައް ވެމްކޯގެ ޕިކަޕްތަކުގައި އުކާލަން ނަގަމުން އައި 750 ރުފިޔާގެ ބަދަލުގައި 500 ރުފިޔާ ނަގަން ނިންމައިފިއެވެ. މިކަން އިއުލާން ކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ފަޒީލްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް މުއިއްޒު ވިދާޅުވީ އާންމުން އެންމެ ކަންބޮޑުވާ މައްސަލަތަލުގެ ތެރޭގައި ކުނީގެ މައްސަލަ ހިމެނޭއިރު، ވެމްކޯއިން ފޯ...

މުޙައްމަދު
ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް

ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް

ރާއްޖޭގެ ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) ބަލަހައްޓަން ކުރާ މަސައްކަތަށް ހާއްސަކޮށްގެން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް އުފައްދައިފިއެވެ. ކަސްޓަަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ސެކްޝަނަށް ކިޔަނީ “މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން” އެވެ. މި ސެކްޝަނަކީ، ކަސްޓަމްސްގެ ކޮންޓްރޯލްޑް ސަރަހައްދުތަައް ބެލަހެއްޓުމުގެ މަސައްކަތް ކުރާނެ ތަނެއް ކަމަށް ބުންޏެވެ. މި ސެކްޝަނުން މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމުގެ އޮ...

އަޙްމަދު ވަހީދު
މި ރަމަޟާން މަހުވެސް އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާލެވޭނެ

މި ރަމަޟާން މަހުވެސް އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާލެވޭނެ

ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް އެމް-ފައިސާ މެދުވެރިކޮށް މި ރަމަޟާން މަހުވެސް ވަނީ ހަމަޖެހިފައެވެ. އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓްރީކުރުމަށްފަހު ފޯނުން ފިތުރު ޒަކާތް ދެއްކޭނެއެވެ. އެމްފައިސާއިން ޒަކާތް ދެެއްކުމަށް، އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނަގައި، ފިތުރު ޒަކާތް ބެނާއަށް ފިތާލާށެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ޙިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީއެވެ. ފައިސާ ދެއްކުމަށް...

އަޙްމަދު ވަހީދު
މިއަހަރު ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި

މިއަހަރު ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި

ސްޓެލްކޯގެ ފަރާތުން 1445 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ. ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރަމަޟާން މަސް އިހުޔާ ކުރުމަށާއި، ކުންފުނިން މުވައްޒަފުންނަށްދޭ ތަރާވީހާއި، ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށާއި، ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، ޖެނެރަލް މެނޭޖަރު ހަސަން ހުސައިން ރިޓަޔާ ކުރެއްވުމާއި ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައ...

އަޙްމަދު ވަހީދު
ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ

ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ

ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގުއެވެ. އާ...

އަޙްމަދު ވަހީދު
ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް

ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް

ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމި...

އަޙްމަދު ވަހީދު
މި ރޯދަމަހުވެސް ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްގެން އުރީދޫގެ ރޯދަ ހަދިޔާ

މި ރޯދަމަހުވެސް ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްގެން އުރީދޫގެ ރޯދަ ހަދިޔާ

މި ރޯދަމަހުވެސް އުރީދޫ މޯލްޑިވްސްގެ ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ދަށުން ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްގެން ރޯދަ ހަދިޔާ ލިބޭނެ ގޮތް ވަނީ ހަދައިފައެވެ. ކޮންމެ އަހަރެއްގެވެސް ރޯދަމަހު އުރީދޫ މޯލްޑިވްސް އިން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އުރީދޫގެ ރޯދަ ހަދިޔާ ޕްރޮމޯޝަނަކީވެސް މިފަދަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫގެ މޯބައިލް ކަސްޓަމަރުން 500 ރުފިޔާގެ ޑޭޓާ ޕެކަށްވުރެ މަތީ ޕެކެއް ނެގުމުން ރޯދަ ހަދިޔާގެ ގޮތުގައި […]

އަޙްމަދު ވަހީދު