މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 56 ވަނަ ޞަފްޙާ

އެސްއީޒެޑް ގާނޫނޫގެ ދަށުން ހުއްދަ ދިން ފުރަތަމަ މަޝްރޫއަށް ސޯލާ ހަކަތައިގެ މަޝްރޫއު

އެސްއީޒެޑް ގާނޫނޫގެ ދަށުން ހުއްދަ ދިން ފުރަތަމަ މަޝްރޫއަށް ސޯލާ ހަކަތައިގެ މަޝްރޫއު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މަޝްރޫއެއް ހިންގަން ހުއްދަދީފިއެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމަންޓް ބޯޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެސްއީޒެޑްގެ ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި ހުއްދަ ދޫކޮށްފައި ވަނީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓެއް ގާއިމުކޮށްފައެވެ. އެ ޕްލާންޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ. މި ހުއްދަ އިންވެސްޓްމަންޓް ބޯޑުން ދޫކޮށްފައި...

އަޙްމަދު ވަހީދު
އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒްގެ ސީޒަން 1 ގެ ޗެމްޕިއަނަކަށް މުހައްމަދު ޒަމީލް

އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒްގެ ސީޒަން 1 ގެ ޗެމްޕިއަނަކަށް މުހައްމަދު ޒަމީލް

އުރީދޫ މޯލްޑިވްސްގެ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ. އުރީދޫ މޯލްޑިވްސްގެ މި މުބާރަތް ކުރިއަށް ގެންދިޔައީ މިމަހުގެ 18 އިން 20 ގެ ނިޔަލަށް އުރީދޫ ހެޑްކުއާޓާސްގައެވެ. އުރީދޫން ބުނީ މި މުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ. އެ މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން ކަމަށެވެ. އެ މުބާރާތުގައި ގަދަ ތިންވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ...

އަޙްމަދު ވަހީދު
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި މިރޭ ހުޅުވާލައިފިއެވެ. މި ޝޯރޫމް ހުޅުވައިދެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑްއިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އެސްޓީއޯއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެ...

އަޙްމަދު ވަހީދު
ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަަން އެމްޓީސީސީއާ ހަވާލުކޮށްފި

ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަަން އެމްޓީސީސީއާ ހަވާލުކޮށްފި

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 117.9 މިލިއަން ރުފިޔާއަށެވެ. ހައުސިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަޝްރޫއު އެ...

އަޙްމަދު ވަހީދު
ވ. ތިނަދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ވ. ތިނަދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މި މަހުގެ 16 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 12,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 77 މީޓަރުގެ ބޭރުތޮށި ލުމާއި، […]

އަޙްމަދު ވަހީދު
ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް އެއްކޮސް ނިމިފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ގުޅިފަޅު ހިއްކުމަށް އަޅާފައިވާ ކަމަށް ވަނީ ބުނެއެވެ. ގުޅިފަޅުން ހިއްކާފައިވަނީ 192 ހެކްޓަރުގެ ބިމެވެ. ކުރީގެ ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ބައިނަލްއަގުވާމީ ޕޯޓެއް ތަަރައްގީ ކުރުމަށެވެ. އަދި ލ ގުޅިފަޅުން މާލޭގެ ރައްޔިތުންނަށް ވަނީ ގޯތި...

އަޙްމަދު ވަހީދު
އެޗްޑީސީން ފަލަސްތީނުގެ ރައްޔިތުންނަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި

އެޗްޑީސީން ފަލަސްތީނުގެ ރައްޔިތުންނަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަލަސްތީނުގެ ޣައްޒާ އަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ. އެޗްޑީސީން މި ފައިސާ ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއެވެ. އައިއޭސީއަކީ ޣައްޒާ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ނިކަމެތި ރައްޔިތުންނަށް އެހީވުމަށް އުފައްދާފައިވާ ދިވެހި ޖަމިއްޔާއެކެވެ. އައިއޭސީން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ...

މުޙައްމަދު
މާވަށު ބިން ހިއްކަން ތައްޔާރުވެއްޖެ

މާވަށު ބިން ހިއްކަން ތައްޔާރުވެއްޖެ

ލ. މާވަށު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ސައިޓް މޮބިލައިޒް ކޮށްފައެވެ. އެގޮތުން ސައިޓް މޮބިލައިޒް ކުރީ، މި މަހުގެ 16 ވަނަ ދުވަހުއެވެ. ސައިޓް މޮބިލައިޒް ކުރުމަށްފަހު ދެން ކުރިއަށްދާނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން، […]

އަޙްމަދު ވަހީދު
ނ. ރ. އަދި ބ. ގައި އާރުޓީއެލްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ

ނ. ރ. އަދި ބ. ގައި އާރުޓީއެލްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ

މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތް ނ. އާއި ރ. އަދި ބ. އަތޮޅުގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ. އާރުޓީއެލްގެ ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ މަރިޔަމް ޝަހާނާއެވެ. އަދި އެމްޓީސީސިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސިއީއޯ އަބްދުﷲ ޒިޔާދުއެވެ. މިހާރު އާރުޓީއެލް ހި...

އަޙްމަދު ވަހީދު
މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތް ފަށަނީ

މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތް ފަށަނީ

މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މި ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. މި ދަތުރުތައް މިހާރު އެމްޓީސީސީން ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ބުރާސްފަތި އަދި ހޮނިހިރު ދުވަހު...

އަޙްމަދު ވަހީދު
އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން 282 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފިއެވެ. މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، އިންފްރަސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދުއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ހިތަދޫ...

އަޙްމަދު ވަހީދު
މޯލްޑިވިއަނުން ހަނިމާދުއާއި ޓްރިވެންޑްރަމާ ދެމެދުގެ ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ހަނިމާދުއާއި ޓްރިވެންޑްރަމާ ދެމެދުގެ ދަތުރުތައް އަލުން ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން، ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ. މިދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށެވެ. އެ އެއާޕޯޓަށް އަލުން މި ދަތުރުތައް ފަށާފައިވަނީ މިއަދުއެވެ. ދަތުރުތައް ފެށުން ފާހަގަކުރުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވިއެވެ. މި ދަތުރުތައް ކުރިއަށްގެންދަ...

އަޙްމަދު ވަހީދު
ހައްދުންމަތީގައި ތަރައްގީކުރާ މެރިޓައިމް ހަބް އިފްތިތާހުކޮށްފި

ހައްދުންމަތީގައި ތަރައްގީކުރާ މެރިޓައިމް ހަބް އިފްތިތާހުކޮށްފި

ހައްދުންމަތީ ގާދޫގައި ތަރައްގީކުރާ “މެރިޓައިމް ހަބް” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާ ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޗައިނާގެ ކެމްސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެކު އެމްޕީއެލުން ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އަދި ކެމްސީގެ ފަރާތުން ސޮއި...

އަޙްމަދު ވަހީދު
އީދަށް އުރީދޫގެ ހާއްސަ އޮފާތަކެއް

އީދަށް އުރީދޫގެ ހާއްސަ އޮފާތަކެއް

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކެއް އިއުލާންކޮށްފިއެވެ. އުރީދޫން ބުނީ، މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާއާ ގުޅުންބަދަހިކުރުމުގައި ހާއްސަކޮށް ތައްޔާރުކޮށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށެވެ. މި ޕްރޮމޯޝަނުތަކުގެ ދަށުން ވީޑިއޯ ކޯލް ކުރުމާއި ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރިކޮށް މި އީދު ކުލަގަދަކޮށް ފާހަގަކުރެވޭނެއެވެ. އަދި މި އޮފާތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށް...

އަޙްމަދު ވަހީދު
ކުޅުދުއްފުށީގެ ކަރަންޓު ބިލްތަކުން 50 އިންސައްތަ ޑިސްކައުންޓް

ކުޅުދުއްފުށީގެ ކަރަންޓު ބިލްތަކުން 50 އިންސައްތަ ޑިސްކައުންޓް

ކުޅުދުއްފުށި ސިޓީގައި މި ރޯދަމަހު ކަރަންޓުގެ މައްސަލަ ބޮޑުވުމުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 އިންސައްތަ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ގިނަ ގޮންޖެހުންތަކެއް އާންމުންނަށް ކުރިމަތިވުމުން އެ ކުންފުނިން އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް […]

އަޙްމަދު ވަހީދު