މި ރޯދަމަހުވެސް އުރީދޫ މޯލްޑިވްސްގެ ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ދަށުން ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްގެން ރޯދަ ހަދިޔާ ލިބޭނެ ގޮތް ވަނީ ހަދައިފައެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަމަހު އުރީދޫ މޯލްޑިވްސް އިން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އުރީދޫގެ ރޯދަ ހަދިޔާ ޕްރޮމޯޝަނަކީވެސް މިފަދަ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގެ ދަށުން އުރީދޫގެ މޯބައިލް ކަސްޓަމަރުން 500 ރުފިޔާގެ ޑޭޓާ ޕެކަށްވުރެ މަތީ ޕެކެއް ނެގުމުން ރޯދަ ހަދިޔާގެ ގޮތުގައި 60 އިންސައްތައާ ހަމައަށް ބޯނަސް ޑޭޓާ ލިބެއެވެ.
އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވާ މި އޮފާ ރޯދަމަސް ނިމެންދެން ކުރިއަށްދާނެ ކަމަަށް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!