ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެއެވެ.
ޑަބްލިއުޓީއޭ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ ނޮމިނޭޓްވެފައިވަނީ:
• ލީޑިން ޑެސްޓިނޭޝަން
• ލީޑިން ޑައިވް ޑެސްޓިނޭޝަން
• ލީޑިން ޓުއަރިސްޓް ބޯޑް
• ލީޑިން ބީޗް ޑެސްޓިނޭޝަން
• ލީޑިން އެޑްވެންޗާ ޓުއަރިޒަމް ޑެސްޓިނޭޝަން
• ލީޑިން ކްރޫޒް ޑެސްޓިނޭޝަން
• ލީޑިން ހަނީމޫން ޑެސްޓިނޭޝަން
• ލީޑިން ގްރީން ޑެސްޓިނޭޝަން
• ލީޑިން ވެޑިން ޑެސްޓިނޭޝަން
1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާއިން ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑުގައި އިންޑިއާަ ކަނޑުގެ ބައިގެ އިތުރުން ހުރިހާ ގައުމެއް ހިމެނޭހެން ވެސް އެވޯޑު ދެއެވެ.
އިންޑިއާ ކަނޑުގެ 9 އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވުމުން އެމްއެމްޕީއާރުސީން ބުނީ ދަތުރުފަތުރުގެ ސިނާއަތުން ލިބޭ މިފަދަ އެވޯޑުތަކަކީ ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް މުހިންމު އެވޯޑްތަކެއް ކަމަށެވެ. އަދި މިފަދަ އެވޯޑްތަކުގެ ސަބަބުން ރާއްޖޭގެ ތަފާތުކަން ހާމަވާ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑުގައި ވޯލްޑް ލީޑިން ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ރާއްޖެއިން ވަނީ ޖެހިޖެހިގެން 3 އަހަރު ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!