ފަރުވާދެމުންދާ ދެ ދަރިވަރުންގެ ހާލު އަންނަނީ ރަނގަޅުވަމުން، އެހީތެރިވި ފަރާތްތަކަށް ފުލުހުންގެ ޝުކުރު
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖު)ގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް ކާނާ ވިހަވުމުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރު އަދާކޮށްފިއެވެ. މި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދީފައިވާއިރު، އައިސީޔޫގައި ފަރުވާދެމުންދާ 2 ދަރި...