ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެނީ
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހަޅާ ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައަޅަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މި ކޮމެޓީ އެކުލަވާލައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. މި 138 ބޭފުޅުންގެ ތެރޭގައި، ރައީސް ފޮނުއްވި 70 ބޭފުޅުން ހިމެނޭކަމ...