މިއަދު ބޭއްވި ބައި-އިލެކްޝަންގެ ހަ ގޮނޑީގެ ތެރެއިން ފަސް ގޮނޑި ޕީއެންސީ އަށް
ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ފަސް ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިގޮތުން ޕީއެންސީން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑީގެ އިތުރުން ކާމިޔާބުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ، ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ އަދި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ. ޕީއެންސީ އަށް ކާމިޔާބު ނުވީ ހަމައ...