މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނިގޮތުގައި، މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށްނެގި މައްސަލައެއް އެ އިދާރާ އަށް ވަނީ ހުށަހެޅިފައެވެ.

Ad
rt

އިއްޔެ ރިޕޯޓުކުރި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުނުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވިޔަފާރިވެރިންގެ މިސްކިތް ހިމެނޭހެން މާލޭގެ މިސްކިތްތަކުން ވައްކަންކުރުން ވަނީ އާންމުވެފައެވެ. މިގޮތުން ވިޔަފާރިވެރިންގެ މިސްކިތުން ވެސް އެހެން ބައެއް މިސްކިތްތަކުން ވެސް ފައިވާން ވަގަށް ނެގުން ވެސް ވަނީ އާންމުވެފައެވެ.

މީގެ އިތުރުން ފަންކާއާއި، ލައިޓާއި އަދި ފެންމޯޓަރުފަދަ ތަކެތި ވެސް ދަނީ ވަގަށް ނަގަމުންނެވެ.

މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ މީހުން ނިދާ ތަނެއްގެ ގޮތުގައި މިސްކިތްތައް ބޭނުންކުރުން ވެސް ވަނީ އިތުރުވެފައެވެ.