މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,460 Stories
3,765 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ލޯކަލް ކައުންސިލްސް އެސޯސިއޭޝަންގެ ފުރަތަމަ އާންމު ޖަލްސާ ބާއްވައިފި
Raajje

ލޯކަލް ކައުންސިލްސް އެސޯސިއޭޝަންގެ ފުރަތަމަ އާންމު ޖަލްސާ ބާއްވައިފި

މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯޝިއޭޝަން (އެމްއެލްސީއޭ)ގެ ފުރަތަމަ އާންމު ޖަލްސާ އިއްޔެ ބާއްވައިފިއެވެ. މި ޖަލްސާ ބާއްވާފައި ވަނީ ބ. އަތޮޅު ކަމަދޫގައެވެ. މި ޖަމިއްޔާގެ ފުރަތަމަ އާންމު ޖަލްސާ އިފްތިތާހްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެވެ. މި ޙަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ޖަމިއްޔާ އުފެދިގެންދާ އިރު ސަރުކާރުގެ ފަރާތުން ކައުންސިލްގެ ކަންކަން ބާރުވެރިކުރުމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ޓަކައ...

ރައީސް މުޢިއްޒުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް
Raajje

ރައީސް މުޢިއްޒުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް

މިއަދު ފެށުނު ހިޖުރީ އައު އަހަރުގެ ތަހުނިޔާ، ރައީސް ޑެ. މުހައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. މުޢިއްޒު، 1446 ވަނަ އިސްލާމީ އައު އަހަރު އައުމުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވި މެސެޖުގައި، މި އައު އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަޚުންނާއި އުޚުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދޭނެ އަހަރަކަށް ވުމަށް ވަނީ އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ. ޚާއްޞަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް...

''އައު ކުރަންވީ އެއް ޢަޒުމަކީ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން''
Raajje

''އައު ކުރަންވީ އެއް ޢަޒުމަކީ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން''

ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މާދަމާ ފެށޭ ހިޖުރީ އައު އަހަރުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވަނީ ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މު...

އެންޑީއޭގެ ސީއީއޯ އިމާދު ޞާލިޙު ވަކިކޮށްފި
Raajje

އެންޑީއޭގެ ސީއީއޯ އިމާދު ޞާލިޙު ވަކިކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ  ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމުގައި ހުންނެވި އިމާދު ޞާލިޙު އެ މަގާމުން ވަކިކޮށްފިއެވެ. އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ލުބްނާ މުޙައްމަދު ޒާހިރު ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައި ވަނީ އެންޑީއޭގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިމާދު ޞާލިޙު އެ މަޤާމުން ވަކިކުރުމަށް އެންޑީއޭގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ކަމަށެވެ. އޭނާ ވަކިކުރަން ނިންމާފައި ވަނީ އެ އޭޖެންސީގެ މަޤުޞަދާ […]

ހަށިވިއްކި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި
Raajje

ހަށިވިއްކި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި

ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ހައްޔަރުކުރި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ސްޕާއަކުން ހަށިވިއްކާކަމުގެ ތުހުމަތުގައި ތައިލެންޑް ތިން އަންހެނުންނާއި، ދިވެހި ފިރިހެނެއް ހައްޔަރުކުރީ ބުރާސްފަތި ދުވަހު ރެއެވެ. ފުލުހުންގެ ޚިދުމަތުން ރޭ ބުނިގޮތުގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ތައިލެންޑް ތިން އަންހެނުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ދި...

ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށް: އަބުދުއްރަހީމް
Raajje

ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށް: އަބުދުއްރަހީމް

ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަބުދުއްރަހީމް ވިދާޅުވެފައި ވަނީ ”އެ ޕެންޑްރައިވް”ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ. ”ސުވާލު ކުރި މީހާއަ...

މަޓާޓޯއާއިން އަންހެނުންނަށް ޚާއްސަ ޓްރެވަލް ކޮންފަރެންސެއް ބާއްވަނީ
Raajje

މަޓާޓޯއާއިން އަންހެނުންނަށް ޚާއްސަ ޓްރެވަލް ކޮންފަރެންސެއް ބާއްވަނީ

އަންހެނުންނަށް ޚާއްޞަކޮށްގެން ޓްރެވަލް ކޮންފަރެންސެއް ބޭއްވުމަށް ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފިއެވެ. މަޓާޓޯއިން ބުނީ މި ޓްރެވެލް ކޮންފަރެންސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މައި އެއް ހޮޓާ، ހޮޓެލް ޖެއިން އާއި ގުޅިގެން ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ”މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް – ވިމެން...

އިނގިރޭސިވިލާތުގެ އިންތިޚާބީ ބޮޑު ވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
Raajje

އިނގިރޭސިވިލާތުގެ އިންތިޚާބީ ބޮޑު ވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ

އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި އިންތިޚާބީ ބޮޑު ވަޒީރު ކިއެރ ސްޓާމަރ އަދި އޭނާގެ ލޭބާ ޕާޓީން ހޯދި ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގައި ބޭއްވުނު ކުއްލި އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު މަޖޯރިޓީއެއް ހޯދާފައިވާއިރު، އިއްޔެ ބޭއްވުނު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ. ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގިރޭސިވިލާތުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެޤައުމުގެ އިންޚާބީ ބ...

މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފި
Raajje

މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފި

ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭގައި ބުނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކާކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި މައުލޫމާތާއި ގުޅިގެން ފުލުހުން ރޭ ހިނގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާފާސްކޮށްފައިވާކަމަށް ފުލުހުންބުންޏެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ދިވެހި ފިރިހެނަކާއި ތައިލެނ...

ބިދޭސީންގެ މައުލޫމާތު އެއްކުރަން ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީނު ކުރަނީ
Raajje

ބިދޭސީންގެ މައުލޫމާތު އެއްކުރަން ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީނު ކުރަނީ

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭނީންގެ މައްސަލަ ޙައްލުކުރުމަށްް ސަރުކާރުކާރުން ހިންގަމުންދާ ”އޮޕަރޭޝަން ކުރަނގި” މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން މި މަސައްކަތަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ. މިގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވަނީ މިކަން ހާމަކުރަށްވާފައެވެ. އ...

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި
Raajje

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ފުލުހުންގެ މަރުކަޒު، އިސްކަންދަރު ބިލްޑިންގގައެވެ. ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު 91 ފުލުހުން މިއަދު ވަނީ ހުވާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން 19 ފުލުހުންނާއި ފިރިހެން 65 ފުލުހުން އަދި ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ. ފުލުހުންގެ މުއައްސަސާގެ މިޝަންއަކީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދޭ، އިތުބާރުހިފ...

މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އަނިޔާވި ދެ މީހަކަށް ފަރުވާދެނީ
Raajje

މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އަނިޔާވި ދެ މީހަކަށް ފަރުވާދެނީ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަނިޔާވި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާފަންނު ފުލޫނިޔާ މަގުގައި ހުރި ގެއެއްގެ ތިންވަނަ ފަންގިފިލާގައެވެ. މި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި ދެ މީހަކަށް އަނިޔާވެގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ.އެންޒިއަންގޭގެ 3 ވ...

ކަޅު ބާޒާރުގައި ޑޮލަރުގެ ގަނެވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށް، އިތުރު ބަޔަކު ޑީޕޯޓްކޮށްލައިފި
Raajje

ކަޅު ބާޒާރުގައި ޑޮލަރުގެ ގަނެވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށް، އިތުރު ބަޔަކު ޑީޕޯޓްކޮށްލައިފި

ކަޅު ބާޒާރުގައި ޑޮލަރުގެ ގަނެވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށް، އެކަން ކުރި އިތުރު ބިދޭސީންތަކެއް ޑީޕޯޓްކޮށްލައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މާލޭގެ ޑޮލަރު އޭޓީއެމް ކައިރީގައި ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ރޭ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން އޭޓީއެމް ކައިރީ ކަޅުބާޒާރުގައި ޔޫއެސްޑޮލަރު ގަނެވިއްކަން އުޅުނު ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުން މި އޮޕަރޭޝަން ހިންގާފައި ވަނީ ފުލުހުންނާއި ގުޅިގެ...

ދިހަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފި
Raajje

ދިހަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފި

ދިހަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އެރުމުގެ ހާދިސާއެއް ރޭ ހިނގައިފިއެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ދިހަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ނ. އަތޮޅުގައި އޮންނަ ފަރަކަށް އަރައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ދޯންޏަކީ “ނަސްފަރު” ނަމަކަށްކިޔާ 75 ފޫޓުގެ ދޯންޏެކެވެ. މި ދޯނި ފަރަށް އަރާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި، މި ދޯނި ފަރަށް އަރާފައި ވަނީ ށ. ވަނގާރުން ފުރައިގެން މާލެ ދާން […]

ފަލަސްތީނު ޓެލެތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފި
Raajje

ފަލަސްތީނު ޓެލެތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހި ނިކަމެތިވެފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން “ފަލަސްތީނާއެކު ދިވެހިން” ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 19،186،851.5 މިލިއަން ރުފިޔާ ދިވެހި ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފިއެވެ. މި ޓެލެތޯނަކީ ރައީސް ޑރ. ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްވެ، ބައެއް މީޑިއާތަކާ ގުޅިގެން 13 ޖޫން...