ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
ލ. ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، ދަނބިދޫ އިރުމަތީ ފަރާތު (ކޯޒުވޭ ސަރަހައްދު) މޫދުގައި މީހަކު އޮއްވާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް މިއަދު ހަވީރު 16:55 ކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާކަމަށް އެތަނުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ ރަށު ނިޔަދުރުމާގެ އައިމިނަތު އުމަރެވެ. އޭނާގެ އުމުރަކީ 65 އަހަރެވެ. ފުލުހުން ބުނީ އެ...