މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,460 Stories
3,768 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޕީއެންސީގެ ހަރުގެ ޖަލްސާތައް މިރޭ ފަށަނީ
Raajje

ޕީއެންސީގެ ހަރުގެ ޖަލްސާތައް މިރޭ ފަށަނީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ، ޕީއެންސީ ހައުސްގައި ޖަގަހަ ޖަލްސާތައް ފަށަން ތައްޔާރުވެއްޖެއެވެ. ޕީއެންސީގެ ޖަގަހަ، ޕީއެންސީ ހައުސް ރަސްމީކޮށް ހުޅުވީ މިދިޔަ ހޮނިރު ދުވަހު (ޖޫން 23 ވަނަ ދުވަހުގެ) ރެއެވެ. ޕީއެންސީން ބުނީ މިރޭ 20:30 ގައި އެ ޕާޓީގެ ހަރުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ. މި ޖަލްސާގައި ފަސް ބޭފުޅެއް ވާހަކަ ދައްކަން ހަމަޖެހިފައިވާކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އެ ބޭފުޅުންނަކީ، ޕީއެންސީގެ […]

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި
Thiladhunmathi News

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފިއެވެ. މި ކްލިނިކް ފަޅާލައި ވައްކަންކޮށްފައި ވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީގެ މި ކްލިކް ފަޅާލައި މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނާއި އަދި ޔޫޕީއެސް ފަދަ ތަކެތި ވަގަށް ނެގިކަމަށް ވެއެވެ. ފުލުހުން […]

ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ އާއިލާއަށް ގުޅައިފި
Raajje

ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ އާއިލާއަށް ގުޅައިފި

ގެއްލިގެން ހޯދަމުން ދިޔަ ފުވައްމުލަކު ޒުވާނާ އާއިލާއަށް ގުޅާފައިވާ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު އިޔާޝް ވަސީމް (24އ) އެވެ. ޖޫން 14 ވަނަ ދުވަހަށްފަހު އާއިލާއަށް ޚަބަރު ނުވެގެން ފުލުހުންނަށް ރިޕޯޓުކުރުމުން އޭނާ ހޯދަން ފުލުހުން ޢިއުލާންކުރީ 21 ޖޫން ގައެވެ. ފުލުހުން މިރޭ ބުނީ، ގެއްލިގެން ހޯދަމުން ދިޔަ އަޙްމަދު ޢިޔާޝް ވަސީމް އޭނާގެ އާއިލާއަށް ގުޅާފައިވާ […]

އުމުރުން 18 އަހަރުގެ ޒިހާން ގެއްލިގެން ހޯދަނީ
Raajje

އުމުރުން 18 އަހަރުގެ ޒިހާން ގެއްލިގެން ހޯދަނީ

އުމުރުން 18 އަހަރުގެ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ، ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް، ހ. ބްލޫޑްރީމް) ޙުސައިން ޒިހާން (18އ) އެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އެންމެފަހުން ޒިހާން ފެނިފައިވަނީ މި މަހުގެ 21 ވަަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ. […]

ރައްޔިތުން ބޭނުންވަނީ ތަރައްގީ، ސިޔާސީގޮތުން ވަކި ބޭފުޅެއްގެ ވަށައިގެން އެނބުރޭކަށް ނޫން: އަބުދުއްރަޙީމް
Raajje

ރައްޔިތުން ބޭނުންވަނީ ތަރައްގީ، ސިޔާސީގޮތުން ވަކި ބޭފުޅެއްގެ ވަށައިގެން އެނބުރޭކަށް ނޫން: އަބުދުއްރަޙީމް

ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި، ސިޔާސީގޮތުން ވަކި ބޭފުޅަކު ވަށައިގެން އެނބުރެން ރައްޔިތުން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެ ޕާޓީގެ ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި އަބުދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރ...

ދިވެހި ހައްޖާޖީން އަންނަ ފުރަތަމަ ފްލައިޓް ސައޫދީން ފުރައިފި
Raajje

ދިވެހި ހައްޖާޖީން އަންނަ ފުރަތަމަ ފްލައިޓް ސައޫދީން ފުރައިފި

ހައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީއަރަބިއްޔާ އަށް މިއަހަރު ދިޔަ ދިވެހި ހައްޖާޖީން އަންނަ ފުރަތަމަ ފްލައިޓް ސައޫދީން ފުރައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އަންނާނެ ކަމަށާއި، އެ ފްލައިޓް ރާއްޖެ ގަޑިން މިއަދު ހެނދުނު 7:55 ގައި ސައޫދީން ފުރާފައިވާ ކަމަށެވެ. 1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް 1150 ދިވެހިން ގޮސްފައިވާއިރު، މިއަދުގެ ފްލައިޓްގައި އޭގެތެރެއިން 296 ހައްޖާޖީން ރާއްޖެ އަންނާނެއެވެ. ހައްޖުވެރިން ސައޫދީ އަށް ގޮސްފައ...

ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކައިފިން: ރައީސް
Raajje

ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކައިފިން: ރައީސް

ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި، ދައުލަތަށް އާމްދަނީ ހޯދައިގެން އެ އާމްދަނީގެ ތެރެއިން 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޕީއެންސީން މިރޭ ހުޅުވި ޖަގަހަ ހަދާފައި ވަނީ ކުރިން އެމްޑީޕީގެ ޖަހަގަ ގިނަ ދުވަސްތަކެއް ވަންދެން ހިންގުމަށްފަހު ފަހުން...

ފިޔޯރީން ގެއްލިގެން ހޯދި ކުޑަކުއްޖާ ފެނިއްޖެ
Raajje

ފިޔޯރީން ގެއްލިގެން ހޯދި ކުޑަކުއްޖާ ފެނިއްޖެ

ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ. ފުލުހުން ބުނީ އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ. މިކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ، އެރަށު ފިނިވިލާގެ، މަރިޔަމް މީނާލް މުޙައްމަދު އެވެ. ފިޔޯރީން އަށް އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ ”ފިޔޯރީ އެމްވީ” ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި […]

ފިޔޯރީން އަށް އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ
Raajje

ފިޔޯރީން އަށް އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ގދ. ފިޔޯރީން އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިއަދު ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ ފިޔޯރީން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިރޭ 19:08 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކުއްޖާ އެންމެފަހުން ފެނިފައި ވަނި ހަވީރު 17:00 ހާއިރު ގެއިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. […]

އީދު ކުޅިވަރު ކުޅެންގޮސް މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ބަލަނީ
Raajje

އީދު ކުޅިވަރު ކުޅެންގޮސް މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ބަލަނީ

އީދު ކުޅިވަރު ކުޅެން ރ. މީދޫ އަށް ދިޔަ އަންހެނަކު އެރަށު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ރ. މީދޫގައި އީދު ޝޯވ ދޭން ތިބި ގްރޫޕެއްގެ އަންހެން މެންބަރެއް އެރަށު މިސްކިތެއްގައި ”ޓިކްޓޮކް” ކުޅުނު މައްސަލަ އެއް އެ އިދާރާއިން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަހަރު ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށްފައިވާއިރު، މީދޫ […]

ހަނިމާދޫ ޒުވާނުންގެ އެކުވެރިޔާ ޖަލީލު ނިޔާވެއްޖެ
Thiladhunmathi News

ހަނިމާދޫ ޒުވާނުންގެ އެކުވެރިޔާ ޖަލީލު ނިޔާވެއްޖެ

ހދ. ހަނިމާދޫ ޒުވާނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ، އެރަށުގެ ކުޅިވަރަށް ޚިދުމަތް ކުރަމުން އަންނަ، އަހްމަދު ޖަލީލު (ޖައްލެ) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި ޖައްލެ މިއަދު ނިދާ ނުތެދުވެގެން ބެލިއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެންވެ އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީއެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ޖައްލެ ނިޔާވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ”ޖައްލެގެ ބޮޑު ބައްޔެއް ހުންނަކަން އިނގިފައެއްނެތް، ރޭގައި ބަނޑަށް ވައިގަނޑެއް އަރަ...

މީސްމީޑިއާގައި މީހަކު އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
Raajje

މީސްމީޑިއާގައި މީހަކު އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ

މީސްމީޑިއާގައި މީހަކު އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މީސްމީޑިއާގެ އެކްސްގައި މީހަކު ވަނީ އިސްލާމްދީނުގެ މަތިވެރި އެއް އަޅުކަން، އިސްލާމް ދީނުގެ ފަސް ވަނަ ރުކުން ކަމަށްވާ ޙައްޖުގެ އަޅުކަމަށް ނިސްބަތްކޮށް ޖޯކުޖަހައި ޕޯސްޓެއް ކޮށްފައެވެ. އެމީހާ އެ ޕޯސްޓް ކުރީ ޔޯގާ އަށް ތާއީދުކޮށް، އިސްލާމްދީނަށް ފުރައްސާރަކޮށެވެ. މި ޕޯސްޓްގެ މައްސަލަ ފެންމަތިވެފައިވާއިރު، އެ މިހާއާއި ނިސްބަތްކޮށް ގިނަބަޔަކު އަންނަނީ މީސްމީޑިއާގައި ނުރުހުންފާޅު ކުރަމުންނެވެ. އެ...

ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިންތަކެއް މުޒާހަރާ ކުރަނީ
Raajje

ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިންތަކެއް މުޒާހަރާ ކުރަނީ

އައްޑޫ ސިޓީގެ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިންތަކެއް މުޒާހަރާ ކުރަމުން އެބަދެއެވެ. ފުލުހުން ބުނީ ހުޅުމީދޫ މިފްކޯ ބަނދަރުގައި 80 ވަރަކަށް މަސްވެރިން މުޒާހަރާކުރަމުން އަންނަކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި މުޒާހަރާގެ ބައިވެރިންނަށް އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ މަސްފެކްޓްރީގެ ހުރިހާ ސީނައަރ މުވައްޒަފުން އެތަނުން ބޭރުކުރާނެ ކަމަށް އެމީހުންގެ ތެރެއިން ބަޔަކު ބުނެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އެދެވޭ ޖަވާބެއް ނުލިބޭނަމަ އެތަނުގެ ބަދިގޭގައި ކެ...

ސޯމާލިޔާ ބަޔަކާއެކު ފަޅު ރަށަކަށް ޑިންގީއެއް ލައްގައިފި
Raajje

ސޯމާލިޔާ ބަޔަކާއެކު ފަޅު ރަށަކަށް ޑިންގީއެއް ލައްގައިފި

ސޯމާލިޔާ ބަޔަކާއެކު ފަޅު ރަށަކަށް ޑިންގީއެއް ލައްގައިފިއެވެ. ފުލުހުން ބުނިގޮތުގައި ސޯމާލިޔާ ބަޔަކާއެކު ޑިންގީ އެއް ލައްގާފައި ވަނީ ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ވަވަތި އަށެވެ. އެ ޑިންގީގައި ސޯމާލިޔާގެ ތިން މީހަކު ތިބިކަމަށް ވެސް ފުލުހުން ބުނެއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭ ހުޅުވާލަނީ
Thiladhunmathi News

ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭ ހުޅުވާލަނީ

ބޮޑު ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލަން ނިންމާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް (އާރުސީއެލް) އިން ބުނެފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން 2460 މީޓަރުގެ ރަންވޭ އެއް ތަރައްގީކޮށްފައިވާއިރު މިވަގުތު ބޭނުން ކުރަމުން އަންނަނީ އޭގެ ތެރެއިން 1200 މީޓަރެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާރުސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވި...