މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,959 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އިހަވަންދޫގެ ފުރަތަމަ ހާފިޒާ ރައްޔާ އަށް ކައުންސިލުން 50000ރ. ގެ ހިތްވަރުދިނުމުގެ އިނާމެއް
Thiladhunmathi News

އިހަވަންދޫގެ ފުރަތަމަ ހާފިޒާ ރައްޔާ އަށް ކައުންސިލުން 50000ރ. ގެ ހިތްވަރުދިނުމުގެ އިނާމެއް

މަރްޔަމް ރައްޔާ އަޙްމަދު، (20 އަހަރު) ނޫތަރި / ހއ. އިހަވަންދޫ ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡުކަމުގެ ސަނަދު ހާސިލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ރައްޔާ ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡުކަމުގެ ސަނަދު ހާސިލުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ރައްޔާ އާއި ރައްޔާގެ ޢާއިލާ އާއި ބައްދަލުކުރަށްވާ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. ރައްޔާ އަކީ އިހަވަންދޫގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡ...

ދިފާޢީ ބާރުގެ އެއަރ ސްޓޭޝަން ޤާއިމުކޮށް ޚިދުމަތް ފެށުމަށް ރައީސް އަންގަވައިފި
Raajje

ދިފާޢީ ބާރުގެ އެއަރ ސްޓޭޝަން ޤާއިމުކޮށް ޚިދުމަތް ފެށުމަށް ރައީސް އަންގަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން، ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ ޚިދުމަތްތައް ފެށުމަށް މިއަދު އަންގަވައިފިއެވެ. މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ދިފާޢުކޮށް، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ. ރައީސް މި ޤަރާރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ސިފައިންގެ ޤާނޫނުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިޚުތިޔާރުގެ...

''ޤައުމުގެ އަބްޠާލުންގެ ޖިހާދުން ޢިބްރަތް ލިބިގަނެ، އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދޭންޖެހޭ''
Raajje

''ޤައުމުގެ އަބްޠާލުންގެ ޖިހާދުން ޢިބްރަތް ލިބިގަނެ، އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދޭންޖެހޭ''

ޤައުމުގެ އަބްޠާލުން ކުރެއްވި ޖިހާދުން ޢިބްރަތް ލިބިގަނެ، އެ މާތް ރޫޙު އަންނަން އޮތް ޖީލުތަކުގެ ދަރީންނަށް ދަސްކޮށްދީ ވާރުތަކޮށްދޭންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ޤައުމު އޮތްހާ ދުވަހަކު، ދިވެހިން ޤައުމުގެ މިނިވަންކަން ދިފާޢުކުރައްވައި، ދިވެހި ޤައުމު މިއަދާ ހަމަޔަށް ގެނައުމުގައި އަދި ދިވެހި ޤައުމުގެ މިނިވަންކަން ސަލާމަތްކުރުމުގައި ޝަހީދުވި ހުރ...

ތިލައުތުރު ފުޓްސަލް: ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އުތީމުގެ ޗެރިޓީ މެޗެއް މިރޭ، މުބާރާތް ފެށުން މާދަމާ
Thiladhunmathi News

ތިލައުތުރު ފުޓްސަލް: ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އުތީމުގެ ޗެރިޓީ މެޗެއް މިރޭ، މުބާރާތް ފެށުން މާދަމާ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފެށުމުގެ ކުރިން ޗެރިޓީ މެޗެއް ކުޅެން ނިންމައިފިއެވެ. މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތް ކުރިއަށް ދާނީ އުތީމުގައެވެ. މި މުބާރާތް ކުރިއަށް ދާނީ އުތީމު ރަސްމީ ބޯޅަދަނޑުގައި މި މުބާރާތަށް ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތް ފެށުމުގެ ކުރިން މިރޭކުޅޭ ޗެރިޓީ މެޗު ކުޅޭގައި ކުޅޭނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ އުތީމާއި، އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ […]

ޑްރަގް ބޭނުންކުރަން ތިބި ނުވަ މީހަކު ރަސްގެތީމުން ހައްޔަރުކޮށްފި
Raajje

ޑްރަގް ބޭނުންކުރަން ތިބި ނުވަ މީހަކު ރަސްގެތީމުން ހައްޔަރުކޮށްފި

ރ. ރަސްގެތީމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރަން ތިބި ނުވަ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ ރ. ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މަސްތުވާތަކެތި ބޭނުންކުރަން ތިބި މި ނުވަ މީހުން ހައްޔަރުކުރުމަށްފ...

މައުމޫނަށް ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި
Raajje

މައުމޫނަށް ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ މިއަދު އަރުވައިފިއެވެ. ރައީސް މައުމޫނަށް މި އައްޑަނަ އަރުވާފައި ވަނީ މިއަދު ހެނދުނު މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް ރައީސް މައުމޫނަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ބަޔަކު […]

ކޮޅުވެއްޓި ހާދިސާ: ހާލު ސީރިއަސްވި ދިވެހި މީހާ ނިޔާވެއްޖެ
Raajje

ކޮޅުވެއްޓި ހާދިސާ: ހާލު ސީރިއަސްވި ދިވެހި މީހާ ނިޔާވެއްޖެ

އިއްޔެ މާލޭގެ އެމްޕީއެލް އާއި ދިމާ ބޭރަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ހާލު ސީރިވި ދިވެހި  މީހާ ނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ، އަލީ އަފްލާހް، (25އ)، ދިލްބަހާރުގެ/ގއ.ގެމަނަފުށި އެވެ. މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވައި ވަނީ އިއްޔެ މެންދުރު ފަހު 15:44 ހާއިރުކަމަށް އެ އިދާރާއިން ބުންޏެވެ. އޭގެ ކުރިން މެރިން ޕޮލިހުން ވަނީ މި ހާދިސާ ހިނގައިގެން ހަރަކާތެރިވަމުން އަންނަކަމަށް ބުނެފައެވެ. މިހާދިސާގެ ރިޕޯޓު […]

ޑޮލަރުތައް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
Raajje

ޑޮލަރުތައް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔުމުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. ފޭރުމުގެ މި ހާދިސާ ހިންގާފައިވަނީ 27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ފަތިހު ވީއައިއޭ ޓާމިނަލް  ޓާމިނަލް 1 އަށް ދާ ވޯކްވޭގައެވެ. މި...

އެޓޯލް ޗެމްޕިއަންޝިޕް: ހަނިމާދޫ އިން ނޮޅިވަރަމް ބަލިކޮށްފި
Thiladhunmathi News

އެޓޯލް ޗެމްޕިއަންޝިޕް: ހަނިމާދޫ އިން ނޮޅިވަރަމް ބަލިކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ހަނިމާދޫ އިން ނޮޅިވަރަމްގެ މައްޗަށް ކުރި ހޯދައިފިއެވެ. ކުޅުދުއްފުށީ ސިޓީގެ ޒޯން ސްޓޭޑިއަމްގައި ކުޅުނު މިޗުގައި ހަނިމާދޫ ނޮޅިވަރަމް ބަލިކުރީ 3-0 ލަނޑުންނެވެ. މިއަދުގެ މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދީފައި ވަނީ ނޫރުﷲ ތޯހާ އާއި މުހައްމަދު ޚާލިދެވެ. މީގެ ތެރެއިން މުޙައްމަދު ޚާލިދު ވަނީ ދެ ލަނޑު ޖަހައިދީފައެވެ. މި މުބާރާތަށް […]

ކޮޅުވެއްޓި ހާދިސާ: ބިދޭސީއަކު ނިޔާވެ، އަނިޔާވި ދިވެއްސެއްގެ ހާލު ސީރިއަސް
Raajje

ކޮޅުވެއްޓި ހާދިސާ: ބިދޭސީއަކު ނިޔާވެ، އަނިޔާވި ދިވެއްސެއްގެ ހާލު ސީރިއަސް

މިއަދު މާލޭގެ އެމްޕީއެލް އާއި ދިމާ ބޭރަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާގައި ބިދޭސީ އަކު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. 16:45 – ހާދިސާ ހިނގައިގެން އުޅޭކަަމަށް ފުލުހުން ހާމަކުރުން  މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވައި ވަނީ މިއަދު މެންދުރު ފަހު 15:44 ހާއިރުކަމަށް އެ އިދާރާއިން ބުންޏެވެ. އޭގެ ކުރިން މެރިން ޕޮލިހުން ވަނީ މި ހާދިސާ ހިނގައިގެން ހަރަކާތެރިވަމުން އަންނަކަމަށް ބުނެފައެވެ. 16:49 – އެމްއެންޑީއެފުން ހަރަކާތްތެރިވާން ފެށުން، މިހާދިސާގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފް މާލ...

ކޮޅުވެއްޓި ބަންޑުން ޖަހައިލުން: ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު 6 އަށް
Raajje

ކޮޅުވެއްޓި ބަންޑުން ޖަހައިލުން: ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު 6 އަށް

މިއަދު މާލޭގެ އެމްޕީއެލް އާއި ދިމާ ބޭރަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާގައި މިހާތަނަށް 6 މީހަކު ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި ހަ މީހުންގެ ތެރޭގައި ހިމެނެނީ 4 ފިރިހެނުންނާއި ދިވެއްސެކެވެ. މިހާދިސާގައި ގެއްލުނު މީހާ ކޮޅުވެއްޓި ތެރެއިން ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވައި ވަނީ މިއަދު މެންދުރ...

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
Raajje

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މެރިން ޕޮލިހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭ އެމްޕީއެލް އާއި ދިމާ ބޭރުގައެވެ. މި ހާދިސާގައި ތިން ފަޅުވެރިއަކު ވަނީ ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެކަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. 16:58 ހާއިރު އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދި މީހާ ސިފައިންގެ ޑައިވަރުން ހޯދައި، އެމީހާ ”ނަގާފައިވާ” ކަމަށެވެ.  

މައުމޫނަށް ޝަރަފްގެ އައްޑަނައެއް، ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ
Raajje

މައުމޫނަށް ޝަރަފްގެ އައްޑަނައެއް، ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށާއި، ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ބޭފުޅުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ ފެށޭނީ...

ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު
Raajje

ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު

ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމް 2026 ގެ ދަށުންނެވެ. މިކަން ހާމަކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އިއްޔެ ކުރި ޢިއުލާނުގައި ބުނެފައިވާ ގޮތުން، ދިވެހި ދަރިވަރުންނަށް ކޮރެއާގެ ފަސް ޔުނިވަރސިޓީއަކުން މާސްޓަރސްގެ ފަސް ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅު...

އިމިގްރޭޝަނުން ބޭއްވި ވޯކިން-އިން ޓަވިއުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
Raajje

އިމިގްރޭޝަނުން ބޭއްވި ވޯކިން-އިން ޓަވިއުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

މޯލްޑިވްސް އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް އިއްޔެ އްވި ވޯކް-އިން އިންޓަވިއުގައި 500 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެއްޖެއެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، ހުޅުމާލޭ ފޭސް 2 ގައި ހުންނަ ސަލާހުއްދީން ސްކޫލްގެ ހޯލުގައި ކުރިއަށް ގެންދިޔަ މި އިންޓަވިއުއަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެއެވެ. މި މަގާމުތަކަށް ހުޅުވާލާފައިވަނީ 30 އަހަރުން ދަށުގެ ޒުވާނުންނަށެވެ. މި ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 6،500 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން […]