ޤައުމީ ދިފާއީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުވައި ޚިދުމަތް ފަށައިފި
ޤައުމީ ދިފާޢީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން، އައްޑޫ ސިޓީގެ ގަމުގައި ޤާއިމުކޮށް، މިއަދު ރަސްމީކޮށް ޚިދުމަތް ފަށައިފިއެވެ. “ގަން އެއަރ ސްޓޭޝަން”ގެ ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. ގަން އެއަރ ސްޓޭޝަންގެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ، “ގަން އެއަރ ސްޓޭޝަން” ގެ ނަންބޯޑު ކަޝްފުކޮށްދެއްވައި، އެ ސްޓޭޝަންގައި ޑިޕްލޯއީކުރި އ...