''ޖެނެރޭޝަނަލް ބޭން އަކީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ އިންވެސްޓްމަންޓެއް''
ޖެނެރޭޝަނަލް ބޭން އަކީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ވަރުގަދަ އިންވެސްޓްމަންޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، 1 ނޮވެމްބަރު 2025 އިން ފެށިގެން ޖެނެރޭޝަނަލް ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފެށުމުންނެވެ. ފަސްޓް ލޭޑީ ވަނީ، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރ...