މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,959 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ އިންތިޚާބުކޮށްފި
Raajje

ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ އިންތިޚާބުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް މިއަދު ޢައްޔަނުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް އެ ކޮމިޝަންގެ ރައީސްކަމަށް މިއަދު އިންތިޚާބުކޮށްފިއެވެ. ޖޭއެސްސީން މިއަދު ބުނީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި ހުސްނީ އެ ކޮމިޝަންގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ކަމަށެވެ. އަދި އެކޮމިޝަނުން ވަނީ ހުސްނީ އަށް މަރުޙަބާ ކިޔާފައެވެ. މަޖިލިސް މެމްބަރަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޤާނޫނ...

''މާލެ ސިޓީގައި ތަރައްގީކުރާ މިސްކިތްތައް ދެ އަހަރު ތެރޭ ނިންމޭނެ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ހަތަރު ބުރީގެ މިސްކިތެއް''
Raajje

''މާލެ ސިޓީގައި ތަރައްގީކުރާ މިސްކިތްތައް ދެ އަހަރު ތެރޭ ނިންމޭނެ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ހަތަރު ބުރީގެ މިސްކިތެއް''

މާލެ ސިޓީގައި މިހާރު ހުރި ބާވެފައިވާ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އައު މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ދަޢުވާ ސެންޓަރަކާއެކު ހަތަރު ބުރީގެ ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށްޓަކައި މާދަމާ، (30 އޮކްޓޫބަރު 2025) އެ މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވަޒީރު […]

ބީއެމްއެލްގެ "ދިވެހީންގެ ބޭންކް-މުޅި ރާއްޖެއަށް" އިފްތިތާޙުކޮށް، އައު ޚިދުމަތްތަކެއް ފަށައިފި
Raajje

ބީއެމްއެލްގެ "ދިވެހީންގެ ބޭންކް-މުޅި ރާއްޖެއަށް" އިފްތިތާޙުކޮށް، އައު ޚިދުމަތްތަކެއް ފަށައިފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޯޕަރޭޓް ކެމްޕޭން “ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް” މިއަދު އިފްތިތާޙުކޮށް، އައު ޚިދުމަތްތަކެއް މިއަދު ރަސްމީކޮށް ފަށަފިއެވެ. މި ކެމްޕޭނާއި ޖިޓަލް ވޮލެޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ބާސެލޮސް ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ހަފުލާގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބިޔަ މަޝްރޫޢުގެ ނިމުން ވެސް ފާހަގަކޮށްފައެވެ. މި ހަފުލާގައި ރައީސް ވަނީ “ދިވެހީންގެ...

ހުސްނީ ޖޭއެސްސީ އަށް ޢައްޔަންކުރައްވައިފި
Parliament

ހުސްނީ ޖޭއެސްސީ އަށް ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް މިއަދު ޢައްޔަންކުރައްވައިފިއެވެ. ޙުސްނީ މުބާރިކް މި މަޤާމަށް ޢައްޔަންކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުން ކުރިން އެ މަގާމުގައި ހުންނެވީ މާފުށި ދާއިރާގެ މެމ...

ސިނގިރޭޓް މައްސަލަ: ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށްފި
Raajje

ސިނގިރޭޓް މައްސަލަ: ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މިއަދު މަގާމުން ވަކިކޮށްފި އެވެ. ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރަށްވާ މަގާމެކެވެ. ކަސްޓަމްސްގައި ތިން ޑެޕިއުޓީ ކޮމިޝަނަރަކު ތިއްބެވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ ދެ މައްސަލައަކާއި ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށް ތިން އޮފިސަރަކަށް ފިޔަވަޅުއެޅުމަށް އަން...

ދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި
Business

ދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި

ކ. ދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރަސް ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް މުޢިއްޒުއެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މީގެ އިތުރުން އެމްޓ...

އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ރައީސް މީހުން އުޅޭ ހުރިހާ ރަށަކަށް
Raajje

އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ރައީސް މީހުން އުޅޭ ހުރިހާ ރަށަކަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައިވާ ކަމަށެވެ. ރައީސް މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެން މި ތާރީޚީ ދަތުރުފުޅު ފުރިހަމަކުރެއްވީ އިއްޔެ ފާދިއްޕޮޅުގެ ރަށްރަށާއި މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި […...

ވީއައިއޭ އިން ފޭރިގަތް މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
Raajje

ވީއައިއޭ އިން ފޭރިގަތް މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކޮށްފިއެވެ. ފޭރުމުގެ މި ހާދިސާ ހިންގާފައިވަނީ 27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ފަތިހު ވީއައިއޭ ޓާމިނަލް  ޓާމިނަލް 1 އަށް ދާ ވޯކްވޭގައެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި ފޭރުމުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ލޯންޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލައ...

ކާށިދޫ ފަޅުގައި ހަދާ ރިސޯޓާއެކު ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެ: ރައީސް
Raajje

ކާށިދޫ ފަޅުގައި ހަދާ ރިސޯޓާއެކު ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެ: ރައީސް

ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު އެރަށަށް ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ކާށިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކާށިދޫގެ ދުރުމިން ހުރި ގޮތުން އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ވަރަށް މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިން މި މަޝް...

ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް
Thiladhunmathi News

ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ ހޯދައިގެން އެންމެ ހިންގުތެރި ކައުންސިލްގެ އެވޯޑު ހއ. މޮޅަދޫ ކައުންސިލް ހޯދައިފިއެވެ. މި އެވޯޑު ދިނުމުގެ ހަފުލާ އޮތީ ރޭ ހއ.އަތޮޅުގެ ވެރިރަށް ދިއްދޫގައެވެ. “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް […]

ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއް، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ފަޚްރުވެރިރަށެއް: ރައީސް
News

ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއް، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ފަޚްރުވެރިރަށެއް: ރައީސް

ޅ. ނައިފަރަކީ ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި އަދި އެރަށަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ފަޚްރުވެރިރަށެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ނައިފަރުގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި...

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ސިއްހީ ދާއިރާއަށް
Raajje

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ސިއްހީ ދާއިރާއަށް

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނަކީ ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ މުހިންމު އިންވެސްޓްމަންޓެއް ކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރ...

ވީއައިއޭއިން ފޭރިގަތް މައްސަލަ: ހުރާގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައިފި
Raajje

ވީއައިއޭއިން ފޭރިގަތް މައްސަލަ: ހުރާގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ކ. ހުރާގައި ފުލުހުން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ. ކ. ހުރައިން ”ތިލަދުން”އަށް މެންދު ވާހަކަދެއްކި މީހަކު ބުނީ ލޯންޗެއްގައި މިއަދު ހެނދުނު އެރަށަށް ދިޔަ ބަޔަކާއި، އެ ލޯންޗް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުން މިއަދު އެރަށުގައި އޮޕަރޭޝަނެއް ހިންގުމަށް ފަހު، އެރަށުގެ ގެސްޓް ހައުސްއެއްގެ ތެރ...

ހިންނަވަރުގައި އަޅައިދޭނީ 1200 ސަޕޯޓަރުންގެ ޖާގައިގެ ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް: ރައީސް
Raajje

ހިންނަވަރުގައި އަޅައިދޭނީ 1200 ސަޕޯޓަރުންގެ ޖާގައިގެ ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް: ރައީސް

ޅ. ހިންނަވަރުގައި 1200 ސަޕޯޓަރުންގެ ޖާގައިގެ ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހާރު ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ހިންނަވަރުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ހިންނަވަރަށް މުހިންމު ތަރައްޤީތަކެއް ގެނެސްދެމުންދާކަމަށެވެ. އެގޮތުން، މިހާރު ފުޓްސަލް ދަނޑެއްގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދ...

ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ކައުންސިލްތަކުގެ މުވައްޒަފުންވެސް ގިންތިކޮށްދޭނަން: ރައީސް
Raajje

ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ކައުންސިލްތަކުގެ މުވައްޒަފުންވެސް ގިންތިކޮށްދޭނަން: ރައީސް

އަންނަ ނޮވެމްބަރު 1 އިން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް މުސާރަ ބޮޑުކުރާއިރު، ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ގިންތިކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އޮޅުވެލިފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުރިން ކަނޑައަޅާފައި އޮތްގޮތަށް، ނ...