މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,960 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ
Raajje

ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

އަންނަ އަހަރުގެ ބަޖެޓުގައި ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިމަނުއްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހިންނަވަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ހިންނަވަރަކީ ބޯހިޔާވަހިކަމުގެ ގޮންޖެހުންތަކެއް ހުރި ބައިބޯ ރަށެއްކަމަށާއި، މި ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނުގެ ސަރުކާރުން އިސްކ...

އެންއައިސީގެ ރައީސްކަމުގެ މަގާމަށް ޝުޢައިބު ޢައްޔަންކުރައްވައިފި
Raajje

އެންއައިސީގެ ރައީސްކަމުގެ މަގާމަށް ޝުޢައިބު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަމުގެ މަޤާމަށް އެކޮމިޝަނުގެ މެންބަރު، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިއަދު ޢައްޔަންކުރައްވައިފިއެވެ. މިއީ، ޝުޢައިބު ޢަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ. އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން މިކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރުހަމަވުމާގުޅިގެންނެވެ....

މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފި
Raajje

މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސެއްގެ މަގާމަށް މުހައްމަދު ފަރުޝަތު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އެމްއެމްބީސީގެ ރައީސެއް ކަނޑައެޅުމަށް އެ ކޮމިޝަންގެ ހަތް މެންބަރުންނާ ކޮމިޓީން ވަނީ އިންޓަވިއުކޮށްފައެވެ. އެ އިންޓަވިޔުތަކަށް ފަހު، 23 އޮކްޓޯބަރު 2025 ގައި އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، އެމްއެމްބީސީގެ ރައީސްގެ މަގާމަށް ފަރުޝަތު އައްޔަންކުރުމަށެވެ. ފަރުޝ...

ވީއައިއޭއިން ފޭރިގަތުން: ހަތަރު މީހަކު ހައްޔަރުކޮށް ލޯންޗު ހޯދައިފި
Raajje

ވީއައިއޭއިން ފޭރިގަތުން: ހަތަރު މީހަކު ހައްޔަރުކޮށް ލޯންޗު ހޯދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، މި ކުށުގައި ބޭނުންކުރި ލޯންޗު ހޯދައިފިއެވެ. މިކަމާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބެންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން […]

އަންނަ އަހަރަށް ހުށަހަޅަނީ ވަޢުދުތަކުގެ ބާކީހުރި މަޝްރޫޢުތައް ފެށޭނެ ބަޖެޓެއް: ރައީސް
Raajje

އަންނަ އަހަރަށް ހުށަހަޅަނީ ވަޢުދުތަކުގެ ބާކީހުރި މަޝްރޫޢުތައް ފެށޭނެ ބަޖެޓެއް: ރައީސް

އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަކީ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން ބާކީހުރި ހުރިހާ މަޝްރޫޢުތަކެއް ފެށޭނެ ބަޖެޓަކަށް ވެގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށްވާ އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އޮޅުވެލިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑ...

ރައީސް ޅ.އަތޮޅާއި ކ.އަތޮޅަށް، ފުރަތަމަ މަންޒިލަކީ އޮޅުވެލިފުށި
Raajje

ރައީސް ޅ.އަތޮޅާއި ކ.އަތޮޅަށް، ފުރަތަމަ މަންޒިލަކީ އޮޅުވެލިފުށި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޅ. އަތޮޅާއި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހަތް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށާއި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލުބެއްލެވުމަށް ރައީސް ކުރަށްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާ...

ވީއައިއޭ ތެރެއިން ބެންކް މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފި
Raajje

ވީއައިއޭ ތެރެއިން ބެންކް މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބެންކް މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފިއެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބެންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 4:45 ގައެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން […]

މަމްދާނީ މުސްލިމް އައިޑެންޓިޓީ ދިފާއުކުރަށްވައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވާހަކަދައްކައިފި
International

މަމްދާނީ މުސްލިމް އައިޑެންޓިޓީ ދިފާއުކުރަށްވައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވާހަކަދައްކައިފި

ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޒޮހްރާން މަމްދާނީ، އިސްލާމީ އަދި މުސްލިމުންގެ ދީނީ އަދި ޘަޤާފީ ވަނަވަރު ދިފާޢުކުރައްވައި، ވާދަވެރިންގެ “ނަސްލީ” ހަމަލާތަކަށް ފާޑުވިދާޅުވެއްޖެއެވެ. ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބުގެ ވޯޓުލުން ފެށުމުގެ ކުރިން ދެއްވި ޖަޒުބާތީ ތަޤްރީރެއްގައި، މަމްދާނީ ވިދާޅުވީ އޭނާގެ އިސްލާމީ ދީނާއި ޘަޤާފަތް އިތުރަށް ދިފާއުކުރަށްވާނެ ކަމަށެވެ. އަދި ދިގު މުއްދަތެއްގައި ނިއުޔޯކް ސިޓީގެ މުސްލިމުން ކުރިމަތިލާންޖެހިފައިވާ “ނިކަމެތިކަމ...

ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ. އުތީމުގައި ކުޅޭ މި މުބާރާތުގެ ގުރުއަތުލުން މިރޭ ކުރިއަށް ގެންގޮސްފައި ވަނީ އެކަަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވަނީ މި މުބާރާތުގެ އެއް މަގްސަދަކީ އެއްރަށް އަނެއް ރަށާއި ގުޅުން ބަދަހިކުރުންކަން ފާހަގަކުރަށްވައި، އެކަން ހާސިލްވަމުން އަންނަކަން ވަނީ...

"ތިލައުތުރު އެވޯޑް 2025" ހަފްލާ މާދަމާރޭ
Thiladhunmathi News

"ތިލައުތުރު އެވޯޑް 2025" ހަފްލާ މާދަމާރޭ

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025” ދިނުމުގެ ރަސްމިއްޔާތު މާދަމާ ރޭ އޮންނާނެއެވެ. ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓާއި، އަދި...

އިންޓެގްރިޓީ ކޮމިޝަނަށް 4 މެންބަރަކު ޢައްޔަންކޮށްފި
News

އިންޓެގްރިޓީ ކޮމިޝަނަށް 4 މެންބަރަކު ޢައްޔަންކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. މި ބޭފުޅުން ޢައްޔަންކުރެއްވީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެމަތީންނެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާން، ދަފްތަރު. ނަންބަރު ރސ 1188، އަލްއުސްތާޛު ޝިފާޒު ޢަލީ، ދަފްތަރު. ނަންބަރު ރސ 12854، ޢަލީ މުޙައްމަދުމަނިކު، ދަފްތަރު. ނަންބަރު ރސ 1851، ފާޠިމަތު ޝަރީ...

އަލަށް އަޅާ ވަގުފު އިމާރާތުން އަހަރަކު 10 މިލިއަން ރުފިޔާ، މަޝްރޫޢު ހަވާލުކޮށްފި
Raajje

އަލަށް އަޅާ ވަގުފު އިމާރާތުން އަހަރަކު 10 މިލިއަން ރުފިޔާ، މަޝްރޫޢު ހަވާލުކޮށްފި

މާލޭގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަގުފު އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 12 ބުރިއަށް ޒަމާނީ ފެންވަރަށް އަޅާ މި އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައެވެ. މި މަޝްރޫޢު ނިމުމުން އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ލަފާކުރެވޭއިރު، އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭނެކަމަށް...

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފި
Parliament

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ޙުސައިން ރިޒާ އަދާމް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ. މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އެކޮމިޝަންގައި ހުންނެވި ރިޒާ އިސްތިއުފާ ދެއްވާފައިވާއިރު، ރިޒާގެ އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއްނުވެއެވެ. ރިޒާ ޖޭއެސްސީން އިސްތިއުފާދެއްވުމާ އެކު، އޭނާ ހުންނެވި އެކޮމިޝަންގެ ރައީސްކަމުގެ މަގާމު ވެސް ވަނީ ހުސްވެފައެވެ. ރިޒާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރެވުނީ 12 ޖޫން 2024 ގައެވެ. ޖޭއެސްސީގެ ރައީސ...

އެޓޯލް ޗެމްޕިއަންޝިޕް ބާއްވަން ފީފާއިން 266,000 ޑޮލަރުގެ އެހީއެއް
News

އެޓޯލް ޗެމްޕިއަންޝިޕް ބާއްވަން ފީފާއިން 266,000 ޑޮލަރުގެ އެހީއެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފަށާ މުބާރާތެއްކަމަށްވާ، ”އެޓޯލް ޗެމްޕިއަންޝިޕް 2025/2026” މުބާރާތް ހިންގުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާއިން 266,000 އެމެރިކާ ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް  ޖިއާނީ އިންފަންޓީނޯ 24 އޮކްޓޯބަރު 2025 ގައި ވަނީ ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރަށްވާފައެވެ. މިއީ ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު...

ސިނގިރޭޓް ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދު، އިތުރު ބަޔަކު ހައްޔާރުކޮށްފި
Raajje

ސިނގިރޭޓް ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދު، އިތުރު ބަޔަކު ހައްޔާރުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 24 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ޙައްޔަރުކުރި މީހުން މި މައްސަލައާ ގުޅިގެން ފަހުން ޙައްޔަރުކުރި ތިން މީހުންނަކީ، އަޙްމަދު ޝަހީމް (42އ) ނޫރަލީގެ / ހދ.ވައިކަރަދޫ، ޙުސައިން […]