Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,136 Stories
951 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ
Raajje

ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް، އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިކަމަށް އެދިފައިވަނީ އެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން މިފަދަ މައްސަލަތަކެއް ފާހަގަކުރެވިގެންނެވެ. ފުލުހުން ބުނި ގޮތުގައި، މިގޮތަށް ފޮނުވަމުންދާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަ...

ފޮށިގަނޑެއްގައި ރައްކާކޮށްގެން ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
Raajje

ފޮށިގަނޑެއްގައި ރައްކާކޮށްގެން ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އއ. ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައި، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިމަންދޫ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ހިމަންދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ މައުލޫމާތާ ގުޅިގެން މި އޮކްޓޫބަރު މަހުގެ 4 ވަނަ ދުވ...

ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި
News

ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ ފަހު މެޗުގައި ނައިވާދޫން ހަނިމާދޫ ކޮޅަށް 6 ލަނޑު ޖަހައި އަތޮޅު ފައިނަލުން ބަލިވުމުގެ ބަދަލު ހިފައިފިއެވެ. ރޭ ފަހު މެޗަށް ނުކުތް އިރުވެސް ނައިވާދޫ އޮތީ މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނާގައި ފައިނަލް ކަށަވަރުކޮށްގެންނެވެ. މި މުބާރާތުގެ ހދ. އަތޮޅު ބުރުގައި ނައިވާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ހަނިމާދޫ ފަހު މެޗަށް ނުކުތީ […]

ޚިޔާނާތުގެ ފައިސާ ދައުރުކުރި މޮންޓިލިއަންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރަނީ
Raajje

ޚިޔާނާތުގެ ފައިސާ ދައުރުކުރި މޮންޓިލިއަންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރަނީ

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ. މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރިއަށްގެންދިޔަ މައްސަލައެކެވެ. މި ތަހުގީގު ނިންމުމަށް ފަހު، އެ ކުންފުނީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަ...

މުދައްރިސުންގެ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް
Raajje

މުދައްރިސުންގެ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް

މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެބޭފުޅުން އުފުއްލަވަންޖެހޭ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން، މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މުދައްރިސުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުކޮށްދީ، އެންމެން ޝާމިލުވާ ތަޢުލީމީ ނިޒާމެއް ހަރުދަނާކުރުމަށް ކަމަ...

ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހާ ހައްޔަރު: 44،000ރ. ގެ ޖޫރިމަނާ ވެސް ނުދައްކާ
Raajje

ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހާ ހައްޔަރު: 44،000ރ. ގެ ޖޫރިމަނާ ވެސް ނުދައްކާ

މަސްތުގެ ހާލަތުގައި ހުރެ، ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ނުރައްކާތެރިކޮށް ދުއްވުމަށްފަހު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެއްސި ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި މަގުމަތީގައެވެ. ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މި މައްސަލައާ ގުޅިގ...

ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް ވެލްފެއާ ކަށަވަރުކުރަން "ޕްރޮޖެކްޓް ބައޯކަލޯ" އިފްތިތާހުކޮށްފި
Raajje

ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް ވެލްފެއާ ކަށަވަރުކުރަން "ޕްރޮޖެކްޓް ބައޯކަލޯ" އިފްތިތާހުކޮށްފި

މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އަމާޒުކޮށްގެން ހިންގާ ގައުމީ ފެންވަރުގެ މަޝްރޫއު “ޕްރޮޖެކްޓް ބައޯކަލޯ” މިއަދު ހުޅުމާލޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. “ރައްކާތެރި، ސާފުތާހިރު އަދި އޯގާތެރި މުޖުތަމައެއް” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި، ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކާއި މަދަނީ ޖަ...

ޝައްކުވެގެން ބަލައިފާސްކުރިއިރު އަތުން ފެނުނީ 57 ގްރާމްގެ މަސްތުވާތަކެތި
Raajje

ޝައްކުވެގެން ބަލައިފާސްކުރިއިރު އަތުން ފެނުނީ 57 ގްރާމްގެ މަސްތުވާތަކެތި

ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި ޒުވާނެއްގެ އަތުން 57 ގްރާމްގެ މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ރެއަރ، މުޙައްމަދު ޖައުޝް ޝުޖާޢު (22އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކުރީ ހުޅުމާލެ […]

މާލޭ ގެއަކުން 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން އަތުލައިގެންފި
Raajje

މާލޭ ގެއަކުން 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން އަތުލައިގެންފި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު، 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރުމާއި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ޕެރުމަލް މަޔަވަން އަދި ސްރީލަންކާއަށް ނ...

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤްވާމީ ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި
Raajje

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤްވާމީ ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮށް، އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އެކުލަވާލާފައިވާ “ބޮގޯޓާ ކޯލް ޓު އެކްޝަން” ޤަރާރުގައި ދިވެހިރާއްޖެއިން އިއްޔެ ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ އިން ބުނީ ދިވެހިރާއްޖޭގެ ފަރާތުން މި ޤަރާރުގައި ސޮއިކުރެއްވީ މިނިސްޓަ...

''ތަކުރާރުކޮށް ޓްރެފިކް ގަވާއިދާ ހިލާފުވާ މީހުންނަށް ދެން ލުޔެއް ނެތް''
Raajje

''ތަކުރާރުކޮށް ޓްރެފިކް ގަވާއިދާ ހިލާފުވާ މީހުންނަށް ދެން ލުޔެއް ނެތް''

މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކާއި ގަވާއިދުތަކަށް ބޯނުލަބާ ފަރާތްތަކާމެދު ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައިގައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އާންމުކުރެއްވި މެސެޖެއްގައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މެސެޖުގައި ވިދާޅުވެފައިވަނީ، މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި އަދަބުތަކަށް ބޯނުލަބާ މަދު ބައެއްގެ ސަބަބުން، ގިނަ ބައެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. އަދި އެފަދަ...

ރަސްމާލެ މަޝްރޫޢު ގަވަންކުރާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން: އުޝާމް
Raajje

ރަސްމާލެ މަޝްރޫޢު ގަވަންކުރާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން: އުޝާމް

ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދާނީ އަލަށް އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް މެރީނާއެއް ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ކުއްޔަށް ދިނުން ހުއްޓާނުލައިފިނަމަ، ސަރުކާރު ބަދަލުވުމާއެކު އެކަމުގައި ބައިވެރިވި އިސްވެރިންނަށް އަދަބު ދޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިންޒާރު ދެއްވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މީސްމީޑިއާގ...

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ވިލަރެސް ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން ބާއްވައިފި
Raajje

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ވިލަރެސް ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން ބާއްވައިފި

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުގެ ދަށުން އެކުލަވާލި ވިލަރެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން އެމަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ގައުމީ މުހިންމު މަޝްރޫއެކެވެ. މި ކެމްޕެއިން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން މިހާރު ދަނީ ވަމުންނެވެ. އިހ...

މިފްކޯއާއެކު އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން: ޝިޔާމް
Raajje

މިފްކޯއާއެކު އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން: ޝިޔާމް

މިފްކޯގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ފަށާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ “އަހާ” ފޯރަމްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުން ހާސިލްކުރެވުނު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި ވާހަ...

އދ.ގައި ރާއްޖެ ތަމްސީލުކުރެއްވުމަށްފަހު ނައިބު ރައީސް ނިއުޔޯކް ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

އދ.ގައި ރާއްޖެ ތަމްސީލުކުރެއްވުމަށްފަހު ނައިބު ރައީސް ނިއުޔޯކް ދަތުރުފުޅު ނިންމަވާލައްވައިފި

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ޙަރަކާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށްފަހު، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ އަޑު އުފުއްލަވާފައެވެ. މި ސަމިޓުގެ ތެރެއިން ނައިބު ރައީސް ވަނީ، ދިވެހިރާއްޖެއިން ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ކަންކަމ...