އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ވިލަރެސް ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން ބާއްވައިފި
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުގެ ދަށުން އެކުލަވާލި ވިލަރެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން އެމަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ގައުމީ މުހިންމު މަޝްރޫއެކެވެ. މި ކެމްޕެއިން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން މިހާރު ދަނީ ވަމުންނެވެ. އިހ...