Skip to main content

Thiladhun

Writer
🇲🇻 ތިލަދުން Desk
327 Stories
101 Reads

Published on ތިލަދުން (Thiladhun) by Thiladhun

ތިލަދުންމަތީގެ މެންބަރުންގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ 5 މެންބަރުން
Thiladhunmathi News

ތިލަދުންމަތީގެ މެންބަރުންގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ 5 މެންބަރުން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމުމަށްފަހު، މެންބަރުން މިހާރުވަނީ ޗުއްޓީއަށް ވަޑައިގަންނަވާފައެވެ. 47 ޖަލްސާގެ ރިކޯޑަކާއެކު މަޖިލީހުގެ ޖަލްސާތައް ނިންމަވާލައްވާފައިވާއިރު، މި ދައުރުގައި މެންބަރުންގެ ހާޟިރީ، މަޖިލީހުގެ އިދާރާއިން މިއަދުވަނީ އާއްމުކޮށްފައެވެ. ތިލަދުންމަތީ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހާޟިރީއަށް ބަލާއިރު، ހުރިހާ ޖަލްސާއަކަށް ވަޑައިގަންނަވާފައިވަނީ ފަސް މެންބަރުންނެވެ. ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް: ހުރިހާ...

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - ދެވަނަބައި
Report

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - ދެވަނަބައި

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް – އެއްވަނަބައި 6.ބާރަށުގައި އޮންނަ ކަމަނާއޮޅު މިކަމަނާ އޮޅަކީ އުތީމު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ޢީދު ގޮންޖެހި ދުވަހު ބާރަށު ބުޅާފާޠިމާ ( ރެހެންދި ގޮއްޔެ ) މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން މިރަށު ފުއްޓަރު ފަރާތަށްގޮސް ވާހަކަ ދައްކަން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާލެވެ. މިތަން މިހާރުވެސް އޮޅެއްގެ ސިފާގައި އަބަދުވެސް ރާޅާއި، އޮއިވަރު މަޑުތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. 7. ޢީދުކުޅޭ މަގު މިމަގަކީ ޕޯޗުގީޒު […]

ނޮޅިވަރަންފަރު ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ނޮޅިވަރަންފަރު ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރަނީ

ހދ. ނޮޅިވަރަންފަރު ބަނދަރު ސަރަޙައްދުގައި، އެރަށު ކައުންސިލުން ޚަރަދުކޮށްގެން އަޅާފައިވާ ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން، މީގެކުރިން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާނެއް ބާޠިލުކޮށް، އަލުން މިއަދު މިކަމަށް އިއުލާން ކޮށް، ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދަތުރުހިޔާ ސާފުކޮށް ބެލެހެއްޓުމާއެކު، އިމާރާތުން ކުއްޔަށް ދޫކުރާ ބަޔަށް ގެންނަންޖެ...

ބޮޑު ބަންދުގައި އައިޖީއެމްއެޗުން ހިތާނު ކުރަން ބޭނުންވާ ކުދިން ނަންނޯޓު ކުރަން ފަށަނީ
Raajje

ބޮޑު ބަންދުގައި އައިޖީއެމްއެޗުން ހިތާނު ކުރަން ބޭނުންވާ ކުދިން ނަންނޯޓު ކުރަން ފަށަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މި އަހަރުގެ ސްކޫލު ބޮޑު ޗުއްޓީ ދުވަސްވަރު، ހިތާނުކުރުމަށް ބޭނުންވާ ކުދިން ނަންނޯޓު ކުރުމަށް މި މަހު ފުރުޞަތު ހުޅުވާލަން ނިންމައިފިއެވެ. އެހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ސްކޫލު ބަންދުގައި ހިތާނު ކުރަން ބޭނުންވާ ކުދިން ނަން ނޯޓު ކުރުމުހެ ފުރުސަތު މި މަހު 15 ގައި ހުޅުވާލާނެއެވެ. މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އައިޖީއެމްއެޗް އިން ނަން ނޯޓު ކުރަން ހުޅުވާލާފައިވާއިރު، […]

Thiladhunmathi News

ކުމުންދޫ ފުޓްސަލް ދަނޑު ނިންމައިދޭނެ ބަޔަކު ހޯދަނީ

ސަރުކާރުން، ހދ. ކުމުންދޫގައި އަޅަން ފެށި ފުޓްސަލް ދަނޑުގައި މިހާރު ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން މިއަދު އިއުލާން ކޮށްފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެރަށުގައި ތަރައްޤީކުރަން ފަށާފައިވާ ފުޓްސަލް ދަނޑުގައި މިހާރު ނުނިމިހުރި މަސައްކަތްތައް ނިންމަން އެކައުންސިލާ ހަވާލުކޮށްފައިވާތީ، އެކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރ...

"ކަރަންޓު ކެނޑޭއިރަށް މާލޭގައި ހުންނަ މީހަކަށް އާދޭސްކުރުން ނިމޭނީ ރައްޔިތުންގެ ބެލުމުގެ ދަށަށް އިންޖީނުގެ ގެނެސްގެން"
News

"ކަރަންޓު ކެނޑޭއިރަށް މާލޭގައި ހުންނަ މީހަކަށް އާދޭސްކުރުން ނިމޭނީ ރައްޔިތުންގެ ބެލުމުގެ ދަށަށް އިންޖީނުގެ ގެނެސްގެން"

ރަށްރަށުން ކަރަންޓު ކެނޑޭއިރަށް މާލޭގައި ހުންނަ މީހަކަށް ގުޅައިގެން އާދޭސް ދެންނެވުމަށް ނިމުން ގެނެވޭނީ ރަށްރަށުގެ ރައްޔިތުންގެ ބެލުމުގެ ދަށަށް އިންޖީނުގެތައް ގެނެސް، އިޔާދަކުރަނިވި ހަކަތަ އުފެއްދުމާ ދިމާލަށް ދާއިމީ ގޮތަކަށް މިސްރާބު ބަދަލުކުރެވިގެންކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އަލީ ޙުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވިއިރު، އިއްޔެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ވަނީ ވަރަށް ގިނަ ވަގުތަށް ކަރަންޓު ކެނޑިފައެވެ. “ރަ...

ރަށްރަށުގައި ހުރި ގިނަ ދުވަސްވެފައިވާ ކުނިތައް ނަގައިދޭނެ ބަޔަކު ހޯދަނީ
News

ރަށްރަށުގައި ހުރި ގިނަ ދުވަސްވެފައިވާ ކުނިތައް ނަގައިދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެ ގިނަ ދުވަސްވެފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އެދިލެއްވުމަށް މި މަސައްކަތް ކޮށްދޭނެ ދިވެހި ފަރާތްތައް ހޯދަން މިއަދު ފިނޭންސް އިން އިއުލާން ކޮށްފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެއެވެ. ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ފީ ބަލައިގަތުން ކުރިއަށްދާނީ މ...

International

އިންޑިޔާއިން ހަނދަށް ފޮނުވި ޗާންދްރަޔާން 2ގެ ލޭންޑަރ ހަނދުގައި އޮއްވާ ފެނިއްޖެ

އަވަށްޓެރި އިންޑިޔާ އިން، ހަނދަށް ފޮނުވި “ޗާންދްރަޔާން 2” ގެ ލޭންޑަރ، “ވިކްރަމް” ހަނދުގެ ސަތަހައިގައި އޮއްވާ ފެނިފައިވާކަމަށް އެޤައުމުގެ ޖައްވީ އިދާރާ، އިސްރޯ އިން ހާމަކޮށްފިއެވެ. އިންޑިޔާގެ “ނިއުސް 18” އަށް މައުލޫމާތު ދެމުން، އިސްރޯގެ ވެރިޔާ ސިވާން ވިދާޅުވީ ހަނދުގައި ވިކްރަމް ލޭންޑަރ އޮތް ތަން ފެނިފައިވާކަމަށެވެ. އެހެންނަމަވެސް، އަދިވެސް އެ އުޅަނދަށް މުވާސަލާތު ކުރެވޭގޮތް ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. “ހަނދުގައި ވިކްރަމް ލޭންޑަރ އޮތް ތަން އަހަރުމެންނަށް ފެނިއްޖެ އަދި އޯބިޓާ […]

މޮޅަދޫ ބަނދަރު ހަދަން ބަޔަކާ ހަވާލުކޮށްފި
Thiladhunmathi News

މޮޅަދޫ ބަނދަރު ހަދަން ބަޔަކާ ހަވާލުކޮށްފި

ހއ. މޮޅަދޫ ބަނދަރުގެ ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަޔަކާ ހަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްއާއެވެ. މިއަދު އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫޤެވެ. ސޮނެކް ޓްރޭޑުގެ ފަރާ...

"ވަކި ޤައުމަކަށް ބަރޯސާވެސް ނުވާނަން، ވަކި ޤައުމަކާ ދުރަކަށްވެސް ނުދާނަން"
News

"ވަކި ޤައުމަކަށް ބަރޯސާވެސް ނުވާނަން، ވަކި ޤައުމަކާ ދުރަކަށްވެސް ނުދާނަން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަކި ޤައުމަކަށް ބަރޯސާ ނުވާނެކަމަށާއި އަދި ވަކި ޤައުމަކާ ދުރަށްވެސް ނުދާނެކަމަށް ފޮރިން ސެކެރެޓަރީ، އަބްދުލް ޤަފޫރު މުޙައްމަދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސް އިން ގެނެސްދިން “ރާއްޖެ މިއަދު” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކެރެޓަރީ ވިދާޅުވީ މި ސަރުކާރުން ޗައިނާއާ އޮންނަ ގުޅުންވެސް ހީނަރުވެފައި ނުވާކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފައިދާތައް ރައްޔިތުންނަށް އެންމެ އެކަށޭނެ ގޮތެއްގައި ފޯރުކޮށްދެއްވުމ...

ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ
Thiladhunmathi News

ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

ހދ. ނެއްލައިދޫ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. ނެއްލައިދޫއާއިއެކު ނ. ކުޑަފަރިއާއި ގދ. ތިނަދޫގައި ތަރައްޤީކުރާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ...

ރާއްޖެތެރޭ ރައްޔިތުން ޖީބު ހުސްކޮށްލާފައި އެއަރޕޯޓަށް - ސަރުކާރުން ސަމާލުކަން ދޭން ޖެހޭ މައްސަލައެއް
Report

ރާއްޖެތެރޭ ރައްޔިތުން ޖީބު ހުސްކޮށްލާފައި އެއަރޕޯޓަށް - ސަރުކާރުން ސަމާލުކަން ދޭން ޖެހޭ މައްސަލައެއް

“ރާއްޖެތެރޭ މީހާ އަސާސީ ޚިދުމަތް ލިބިގަންނަން ބޮޑު އަގުގަ ލޯންޗު ހިފައިގެން ދަތުރުކުރަން ޖެހުނު އެއީ ޓްރާންސްޕޯޓް އޮތޯރިޓީން ކަންބޮޑުވާ ޤައުމީ މައްސަލައަކަށް ނުވިއެވެ.” ޓްވިޓަރގައި ޚިޔާލު ފާޅުކޮށް، މީހަކު ބުނެފައިވެއެވެ. އެންމެ ފުރަތަމަ ކިޔާލުމުން، މިއީ ކޮން ކަމެއްކަން ފަހުމުވެސް ނުވެދާނެއެވެ. ބޮޑު މައްސަލައެއްކަމަށް ވިސްނިވެސް ނުދާނެއެވެ. އެހެންނަމަވެސް، ބުނަން ހެއްޔެވެ؟ މިއީ އަތޮޅުތެރޭގެ ގިނަ ރައްޔިތުން އުފުލަމުންދާ ވޭނުގެ ވާހަކައެވެ. އެހެންކަމުން، ވަށާ ނުދުވެ، މިއީ ކޮން ވާހަކައެއްކަން ސާފުކޮށ...

އެމެރިކާއިން ނިއުކްލިޔާ މިސައިލް އުފައްދަންޏާ ރަޝިޔާ އިންވެސް އުފައްދާނަން - ޕޫޓިން
International

އެމެރިކާއިން ނިއުކްލިޔާ މިސައިލް އުފައްދަންޏާ ރަޝިޔާ އިންވެސް އުފައްދާނަން - ޕޫޓިން

އެމެރިކާއިން ނިއުކްލިޔާ މިސައިލް އުފައްދާކަމުގައިވާނަމަ، ރަޝިޔާ އިންވެސް މަޑުން ނޯންނާނެކަމަށާއި އަދި ރަޝިޔާ އިންވެސް އެފަދަ މިސައިލް އުފެއްދުމުގެ މަސައްކަތް ފަށާނެކަމަށް ހާމަކޮށްފިއެވެ. ރަޝިޔާގެ ފަރާތުން އެޤައުމުގެ ރައީސް ވްލެޑްމިޔާ ޕޫޓިން މިހެން ވިދާޅުވީ، އިޤުތިޞާދީ ފޯރަމެއްގެ ތެރެއިންނެވެ. މީގެކުރިން އުފެއްދުން ހުއްޓާލަން ނިންމާފައިވާ ބާވަތެއްގެ މިސައިލް އެމެރިކާ އިން އުފައްދައިފިނަމަ ރަޝިޔާ އިންވެސް އެކަން ކުރާނެކަމަށް ޕޫޓިން ވިދާޅުވީ، އެފަދަ ބައެއް މިސައިލް އޭޝިޔާގައި ހިންގަމުން އަންނަ އެމެ...

ރައީސް ޞާލިޙު، އދ. ގައި ތަގުރީރު ކުރައްވަނީ
News

ރައީސް ޞާލިޙު، އދ. ގައި ތަގުރީރު ކުރައްވަނީ

މި މަހުގެ 17 އިން 30 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އދ.ގެ އާއްމު މަޖިލީހުގައ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަގުރީރު ކުރައްވަން ނިންމަވައިފިއެވެ. އދ.ގެ މެމްބަރުގެ ޤައުމުތަކުން ކޮންމެ އަހަރަކުވެސް ބައްދަލުވެ، އެކި ކަންކަމާ ގުޅޭގޮތުން ބަހުސްކޮށް މަޝްވަރާކުރުމަށް ބާއްވާ މި މަޖިލިސް ކުރިއަށް ގެންދަނީ ނިއު ޔޯކުގައި ހުންނަ އދ.ގެ ހެޑްކުއާޓަސްގައެވެ. ހަ އަހަރު ދުވަސްފަހުން ރާއްޖޭގެ ރައީސަކު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ނިންމަވާފައިވާއިރު، ކުރީގެ ރައީސް އަބ...

ތިލަދެކުނު ސިނަމާ ރައްކާތެރި ނޫންކަމަށް ބުނެ ބަންދުކޮށްފި
Thiladhunmathi News

ތިލަދެކުނު ސިނަމާ ރައްކާތެރި ނޫންކަމަށް ބުނެ ބަންދުކޮށްފި

ތިލަދުންމަތީ ސަރަހައްދުގައި ފިލްމް އެޅުވުމަށް ބޭނުންކުރާ ހަމައެކަނި ބައިސްކޯފު ނުވަތަ ސިނަމާ ކަމުގައިވާ ތިލަދެކުނު ސިނަމާ މަރާމާތަށް ބަންދުކޮށްފިއެވެ. ހދ.ކުޅުދުއްފުށީގައި ހުންނަ މި ސިނަމާ ވަގުތީގޮތުން ބަންދުކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ތިލަދުންއަށް މައުލޫމާތުދެމުން ކުޅުދުއްފުށީގައި ފިލްމް އެޅުވުމުގައި އާންމުކޮށް ހަރަކާތްތެރިވާ އާދަމް މުހައްމަދު ވިދާޅުވީ އެތަން ހުރީ ބޭނުންކުރަން ރައްކާތެރި ނޫން ހާލަތެއްގައި ކަމަށްވާތީ، އެތަން މަރާމާތުކުރުމަށް ވަގުތީ ގޮތުން ބަންދުކުރުމަށ...