ސަރުކާރުން، ހދ. ކުމުންދޫގައި އަޅަން ފެށި ފުޓްސަލް ދަނޑުގައި މިހާރު ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން މިއަދު އިއުލާން ކޮށްފިއެވެ.

ކުމުންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެރަށުގައި ތަރައްޤީކުރަން ފަށާފައިވާ ފުޓްސަލް ދަނޑުގައި މިހާރު ނުނިމިހުރި މަސައްކަތްތައް ނިންމަން އެކައުންސިލާ ހަވާލުކޮށްފައިވާތީ، އެކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާކަމުގައެވެ.

Ad
rt

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ.

ކުމުންދޫ ކައުންސިލުގެ އިއުލާނުގައި އިތުރަށް ބަޔާން ކޮށްފައިވާގޮތުން މައުލޫމާތު ސާފުކުރަން ހާޟިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހެއްގެ އަތުގައި ސިޓީއެއްވެސް އޮންނަން ޖެހޭނެއެވެ.