Skip to main content

Thiladhun

Writer
🇲🇻 ތިލަދުން Desk
327 Stories
101 Reads

Published on ތިލަދުން (Thiladhun) by Thiladhun

Thiladhunmathi News

2018 ވަނަ އަހަރު ހަނިމާދޫ ސްކޫލުން އެންމެ މޮޅު ދަރިވަރަކީ ފާތިމަތު ރިފްދާ

ހދ. ހަނިމާދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. 2018، އެކި ގޮތްގޮތުން ރަނގަޅު ނަތީޖާތައް ހޯދި ދަރިވަރުންނަށް އިނާމުދީ، އެކުންދިންގެ އަގުވަޒަންކުރުމަށް މި ޖަލްސާ ބާއްވާފައިވަނީ ރޭ، އެރަށު އިޖުތިމާއީ މަރުކަޒުގައެވެ. މި ޖަލްސާގައި، 2018 ވަނަ އަހަރު ހަނިމާދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފާތިމަތު ރިފްދާއެވެ. ގްރޭޑް 10އޭގައި ކިޔެވި ރިފްދާ އަކީ ސްކޫލު ނިންމާ އިމްތިހާނުތަކުން، ސްކޫލު ފެންވަރުގައިވެސް އެންމެ މޮޅު އެއް ދަރިވަރެވެ. ރޭ […]

އުތުރުގެ މަސްވެރިކަން ރަނގަޅު، އެއްވެސް ދޯންޏެއް ދޫކޮށްނުލާ އެބަ މަސްކިރަން - މިފްކޯ
Thiladhunmathi News

އުތުރުގެ މަސްވެރިކަން ރަނގަޅު، އެއްވެސް ދޯންޏެއް ދޫކޮށްނުލާ އެބަ މަސްކިރަން - މިފްކޯ

މިދުވަސްވަރު ރާއްޖޭގެ އުތުރުގައިވަނީ އާދަޔާ ހިލާފު ރަނގަޅު މަސްވެރިކަމެއް އުފެދިފައިކަމަށާއި، އެއްވެސް ކޮންޓްރޯލް ކުރުމެއް ނެތި، އެއްވެސް ދޯންޏެއް ދޫކޮށް ނުލާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ކިރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ. މިފްކޯ އިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި މިހެން ބުނެފައިވާއިރު، ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ރަނގަޅު މަސްވެރިކަމެއް އުފެދިފައިވަނީ މީގެ މަހެއްހާ ދުވަސްކުރިންކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. “މިދުވަސް ވަރު ރާއްޖޭގެ އުތުރުގ...

ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ ދުވަހެއްގެ ގޮތުގައި ހުކުރުދުވަސް ލެއްވެވި
Report

ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ ދުވަހެއްގެ ގޮތުގައި ހުކުރުދުވަސް ލެއްވެވި

އަޅުގަނޑުމެން ކުރާ ހުރިހާ އަޅުކަމެއް ކުރަނީ ﷲ ތަޢާލާއަށްޓަކައެވެ. އެކަލާނގެއީ ރޭދުވާ ތަކުރާރުވުން ލެއްވި ރަސްކަލާނގެއެވެ. އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން އަޅުކަން ކުރާ ބަޔަކުކަމުގައި އަޅުގަނޑުމެންވަމެވެ. އަހަރުތަކާ މައްސަރުތަކާ ހަފުތާތަކާ ދުވަސްތައް އެކަލާނގެ ލެއްވެވިއެވެ. އަދި ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެއު ދުވަހެއްގެ ގޮތުގައި ހުކުރުދުވަސް ލެއްވެވިއެވެ. ތަފާތު ޤައުމުތަކުގެ މީހުން އެބައިމީހުންގެ ހަފުތާ ބަންދުދުވަސްތައް ފާހަގަ ކުރެއެވެ. ބަންދުދުވަސް ލިބުމުން އެބައިމީހުން އުފާކުރ...

އެލަޔަންސްއިން ހެލްޕް ރާސިހް އިވެންޓުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ  ހޯދައިފި
News

އެލަޔަންސްއިން ހެލްޕް ރާސިހް އިވެންޓުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ހއ.ބާރަށު ރީނާ ހައުސް، ރާސިހް މުހައްމަދަށް އެހީ ހޯދުމަށް ބޭއްވި އިވެންޓުތަކުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ބާރަށު އެލަޔަންސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން ބާރަށާއި މާލޭގައި ކުރިޔަށް ގެންދިޔަ މި އިވެންޓުތަކުގައި ޖުމްލަ 66,400 ރުފިޔާ ލިބިފައިވާކަމަށް އެލަޔަންސް ސްޕޯޓްސް ކްލަބުން ވަނީ މަޢުލޫމާތު ދީފައެވެ. ރާސިހްގެ އާއިލާގެ ފަރާތުން ފައިސާއާއި ހަވާލުވެފައިވަނީ އޭނާގެ ބޭބެ، ހަސަން ރަޝީދެވެ. މި އިވެންޓުގެ ތެރޭގައި ސައިކަލު ފުހުން ފަދަ ކުދި […]

Business

ރާއްޖޭގެ "ބީ ނެގެޓިވް" ކްރެޑިޓް ރޭޓިން މޫޑީސް އިން ދަމަހައްޓައިފި

މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖެ އަށް ދީފައިވާ “ބީ ނެގެޓިވް” ކްރެޑިޓް ރޭޓިން މި އަހަރު ވެސް ދަމަހައްޓައިފި އެވެ. މޫޑީސް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު ރާއްޖޭގެ މި އަހަރުގެ ކްރެޑިޓް އެނެލިސިސްގައި ބުނި ގޮތުގައި، ރާއްޖެ އަށް މިދިޔަ އަހަރު ދިން “ބީ ނެގެޓިވް” ރޭޓިން މި އަހަރު ވެސް ދަމަހައްޓާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރަމުން އަންނަ ހަލުއި މިނާ އެކު، އެ ކަމުގެ ސަބަބުން ރާއްޖޭގެ […]

Sports

ސާފިންގ ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައިފިނަމަ 1.5 މިލިޔަން ރުފިޔާ

މިހާރު ކުރިއަށްދާ ވޯލްޑް ސާފިންގ ޗެމްޕިއަންޝިޕުގައި، ރާއްޖޭގެ ރާޅާއެޅުންތެރިއަކުން ރަން މެޑަލްއެއް ހޯދައިފިކަމުގައިވާނަމަ، އެރާޅާއެޅުންތެރިއަކަށް 1.5 މިލިއަން ރުފިޔާ ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަހުލޫފު މިހެން ވިދާޅުވީ، ސާފިންގ ވޯލްޑް ޗެމްޕިއަންޝިޕުގައި ފުރަތަމަ ބުރުން ރަނގަޅު ނަތީޖާތަކެއް ހޯދުމަށްފަހު، ދެވަނަ ބުރަށް ދަތުރުކުރުމުން، އެ ރާޅާއެޅުންތެރިންނަށް މަރުހަބާ ދެންނެވުމަށް މިނިސްޓަރު ކުރެއް...

International

މުގާބޭގެ ހަށިގަނޑު ޒިމްބާބްވޭ އަށް ގެންދަން ދަތުރު ފަށައިފި

ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވި ޒިމްބާބްވޭގެ ކުރޫގެ ރައީސް، ރޮބަޓް މުގާބޭގެ ހަށިކޮޅު، ޒިމްބާބްވޭ އަށް ގެންދިއުމަށް ދަތުރު ފަށައިފިއެވެ. މިއަދު ހެނދުނު، ސިންގަޕޫރުން މުގާބޭގެ ހަށިކޮޅު ފުރުވާލާފައިވާއިރު، އޭނާގެ ހަށިކޮޅު ލައިފައިވާ ސަންދޯއް، އެއަރޕޯޓަށް ގެންގޮސްފައިވަނީ ސިންގަޕޫރު ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި، މޮޓަކޭޑުގައެވެ. ހަށިކޮޅު ގެންދަނީ އެކަމަށްޓަކައި ހިފާފައިވާ މަތިންދާބޯޓެއްކަމުގައިވާއިރު، މުގާބޭ އަވަހާރަވުމާއެކު، އެޤައުމުގެ މިހާރުގެ ސަރުކާރުގެ ބައެއް އ...

Business

ކެމެރާއަށް ބަލާފައި އައިފޯން 11 ގަންނަވަރުވޭބާ؟

ރޭ އަނެއްކާވެސް ވެފައިވާ އެތައް ބައެއްގެ އިންތިޒާރުތަކަށް ނިމުން އައި ރެޔަކަށެވެ. އެތައް ބަޔަކު، އެ އެއްޗެއް ބަލާލުމަށްޓަކައި އިންތިޒާރުކޮށްގެން ތިބި އައިފޯން 11 ރޭ ވަނީ ދައްކާލާފައެވެ. ފޯނު ބާޒާރަށް ނެރޭއިރަށް ގަންނަން ތައްޔާރުވަމުންދާ މީހުންވެސް ބައިވަރެވެ. ސްމާޓްފޯނާއި ޓެކްނޮލޮޖީގެ ވާހަކަތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާގޮތުގައި އައިފޯން 11 އަކީ ގަންނަން ރަނގަޅު ފޯނެކެވެ. އެފަރާތްތަކުން އެކަމަށް ބާރުދޭ އެތައް ސަބަބެއްވެސް ދައްކަމުންދެއެވެ. ހަމައެހެންމެ، ފޯނުގެ އަގަށް ބަލާއިރުވެސް، މިއީ އެކ...

Thiladhunmathi News

ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ ޓިކެޓު މިހާރު އޮންލައިންކޮށް ގަނެވޭނެ

މިދިޔަ އަޟްހާ ޢީދު ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށި ކުޅުދުއްފުށީ އެއަރޕޯޓަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް، އޮންލައިން ކޮށް ޓިކެޓު ނެގޭނެ އިންތިޒާމު މޯލްޑިވިއަން އިން ހަމަޖައްސައިފިއެވެ. މިއަދުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓު މެދުވެރިކޮށް ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކަށް ޓިކެޓު ނެގޭނެ އިންތިޒާމު، އެ އެއަރލައިނުން ހަމަޖައްސާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ފަސިންޖަރ ސޭލްސް އެޖެންޓުން މެދުވެރިކޮށް އެ އެއަރޕޯޓަށް ކުރާ ދަތުރުތަކަށް ޓިކެޓު ނެގޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ht...

ގަނާކުރުމަށް ނޫނެކޭ ބުނާށެވެ!
Report

ގަނާކުރުމަށް ނޫނެކޭ ބުނާށެވެ!

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކުދިންނަށް ލިބިފައިވާ ހުނަރުތަކާއި ކުރެވޭ ނުކުރެވޭ ކަންކަންވެސް ތަފާތެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން އެއްބައެއްގެ ގޮތުގައި ދިރިއުޅެވޭނީ މިތަފާތުތަކަށް އިޙްތިރާމްކޮށްގެންނެވެ. ކުދިންގެ މެދުގައި ހުންނަ ތަފާތުތަކަށް އިޙްތިރާމްކުރުމާއެކު އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރުމަށްޓަކައި ގަނާކުރުމާއި ދެކޮޅު ހަދައި އެކަމަށް ނޫނެކޭ ބުނަންޖެހެއެވެ. މަލާމާތްކުރުމާއި ފުރައްސާރަކުރުމުން ފެށިގެން ގޮސް ގަޔަށް އަތްލައި މާރާމާރީ ހިންގުން ފަދަ ނުރަނގަޅު އާދަތަ...

އިތުރު ބައެއް ސަރަޙައްދުތައް ހިމާޔަތްކުރަން މަޝްވަރާ ކުރަނީ
News

އިތުރު ބައެއް ސަރަޙައްދުތައް ހިމާޔަތްކުރަން މަޝްވަރާ ކުރަނީ

ރާއްޖޭގައި ހުރި ޤުދުރަތީ ގޮތުން މުއްސަނދި އިތުރު ސަރަޙައްދުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ހާމަކުރައްވައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިޔާއިން ބުނެފައިވަނީ މިގޮތަށް ހިމާޔަތް ކުރެވޭ ގިނަ ސަރަޙައްދުތަކަކީ މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅިފައިވާ ސަރަޙައްދުތަކެއްކަމުގައެވެ. އެހެންކަމުން، ހިމާޔަތްކުރުމުގެ ކުރިން، ފިޝަރީޒް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުންދާކަމަށް ހާމަކުރައްވާފައިވެއެވ...

އުތީމުގައި ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އުތީމުގައި ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމުގައި ހިނަވާގެއެއް އިމާރަތް ކޮށްދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އިއްޔެ އުތީމު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ. އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް، އުތީމު ކައުންސިލުން ހޯދަމުން އަންނައިރު، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް 18 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބޭއް...

Thiladhunmathi News

ބާރަށު ގަބުރުސްތާނު ސާފުކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ބާރަށު އާސާރީ މިސްކިތު ގޯތިތެރޭގައިވާ ގަބުރުސްތާނުގެ ވިނަ ނޮޅާ ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ސެޕްޓެމްބަރު މަހުގެ 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. ބާރަށު ކައުންސިލުގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މަ...

Thiladhunmathi News

ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގައި ކިއޮސްކް މެޝިނެއް ބަހައްޓަން އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށީގައި ދާދިފަހުން ހުޅުވި ލޯކަލް މާރުކޭޓުގައި ކިއޮސްކް މެޝިނެއް ބަހައްޓާނެ ތަނެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލޯކަލް މާރުކޭޓުގެ ގޯތިތެރޭގައި ބަންޑާރަ މަގަށްވާގޮތަށް ކިއޮސްކް މެޝިނެއް ބެހެއްޓުމަށްޓަކައި ކުޑަ އިމާރާތެއް ހަދަން ބޭނުންވާކަމަށާއި، އެހެންކަމުން މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށެވެ. ކުޅުދުއް...