ހއ ކެލާގައި ކުނި މެނޭޖުކުރުމަށް ބޭނުންވަނީ ލާމަރުކަޒީ ހައްލެއް!
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން، ހއ.ކެލާގައި ކުނި މެނޭޖުކުރާ މަރުކަޒެއް ޤާއިމުކުރުމަށް ޝައުގެވެރިވާ ފާރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު މިނިސްޓުރީ އޮފް އެންވަރަމެންޓް އެންޑް އެނަރޖީ އިން 29 އޮކްޓޯބަރ 2017 ގައި ހުޅުވާލިއެވެ. 12 ނޮވެމްބަރ 2017 ވީ އާދިއްތަ ދުވަހު މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީއަށް ބީލަންތައް ހުށައެޅި، ބީލަންތައް ދިރާސަކުރުމަށްފަހު، މަސައްކަތް ލިބުނު ފަރާތާ މަސައްކަތް ހަވާލުކުރިކަ...