ކުމުންދޫގައި ލައިސަންސް ޓެސްޓުގެ ދުއްވުމުގެ ބުރެއް ބާއްވަނީ
ހދ. ކުމުންދޫގައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް، ލައިސަންސް ޓެސްޓުގެ ދުއްވުމުގެ ބުރެއް ބާއްވަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ބުނެފައިވަނީ މި ބުރު ބޭއްވުމަށް ނިންމާފައިވަނީ، އެކަމަށް އެދި އެރަށުގެ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާތީ، ހދ. އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށްފަހުކަމަށެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހު މި ދުއްވުމުގެ ބުރު ބޭއްވުމަށް ނިންމާފައިވާއިރު، މުޅިން އަލަށް ލައިސަންސް ނަގާ ފަރާތްތަކުން، ތިއަރީ ޓެސްޓުގައި ބައިވެރިވުމަށް...