ށ. ފޯކައިދޫ ސްކޫލުގައި ހަތަރު ކްލާސްރޫމު އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ.

އެމިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އަމިއްލަ ތަކެތީގައި ހަތަރު ކްލާސްރޫމުގެ އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމުގައެވެ.

Ad
rt

އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ސެޕްޓެމްބަރު 2019 އިން 19 ސެޕްޓެމްބަރު 2019 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ނަން ނޯޓު ކުރުމަށް އެދޭކަމަށެވެ.

މީގެ އިތުރުން ބިޑު ހުޅުވުން އޮންނާނީ 24 ސެޕްޓެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ސެކްޝަނުގައިކަމަށް، އިއުލާނުގައި ބުނެފައިވެއެވެ. އަދި މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ ކުރިން ސާފުކުރުމަށްވެސް އެދިފައިވެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް، ބީލަން ފޮތުގައި ބަޔާންކޮށްފައިވާނޭ ކަމަށްވެސް، އިއުލާނުގައި ބުނެފައިވެއެވެ.