ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން، ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ، އަތޮޅު ބުރުގެ މެޗުތަކުގެ ތެރެއިން ހއ. އަތޮޅު ބުރުގެ މެޗުތައް މާދަމާރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.

ހއ. އަތޮޅުން މި ބުރުގައި ޖުމްލަ ފަސް ރަށަކުން ބައިވެރިވެފައިވެއެވެ. އެއީ މާރަންދޫ، ކެލާ، އިހަވަންދޫ، ތުރާކުނު އަދި ވަށަފަރެވެ.

Ad
rt

ހއ. އަތޮޅުގެ ބުރުގައި ޖުމްލަ 10 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ރޭ 21:15 ގައި ހއ. އަތޮޅުގެ ބުރުގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ މެޗުގައި ވާދަކުރާނީ މާރަންދުއާއި ކެލާއެވެ. އަދި މާދަމާރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ އިހަވަންދުއާއި ތުރާކުނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:15 ގައެވެ. މިރޭ އެންމެ ފުރަތަމަ ފަށާނީ ހދ. އަތޮޅު ބުރުގެ މެޗުތަކެވެ.