ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގައި ޖާގަ އިތުރުކުރުމާއި މަރާމާތުގެ މަސައްކަތްތަކެއް ކޮށްދިނުމަށް ޝައުގިވެރިވާ ފަރާތްތަކެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
އެރަށު ކޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމާއި، ވެއިޓިންގ އޭރިޔާ އަށް ޖާގަ އިތުރުކޮށް، އިމާރާތް މަރާމާތު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދަން މީގެކުރިން އެކޯޓުން ކޮށްފައިވާ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އަލުން އެކަމަށް އިއުލާން ކުރާކަމުގައެވެ.
އެހެންކަމުން، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ 13:30 އަށް އެކޯޓަށް ނުވަތަ ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވެގެން މައުލޫމާތު ސާފުކުރުމަށް އެދިފައިވާއިރު، 2019، ސެޕްޓެމްބަރު 26 ވަނަ ދުވަހު، މައުލޫމާތު ސާފުކުރަން ދިޔަ ކޯޓަކަށް އަންދާސީ ހިސާބު ހުށަހަޅަންވެސް އެދިފައިވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުން ގަޑިއަކީ 26 ވަނަ ދުވަހުގެ 13:30 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!