ހއ. ބާރަށު އާސާރީ މިސްކިތު ގޯތިތެރޭގައިވާ ގަބުރުސްތާނުގެ ވިނަ ނޮޅާ ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ސެޕްޓެމްބަރު މަހުގެ 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.
ބާރަށު ކައުންސިލުގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މައުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިއުމެއް ހިފައިގެން ހާޟިރުވާން ޖެހޭނެއެވެ. އަދި މައުލޫމާތު ސާފުކުރަން ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެކަމަށްވެސް ބުނެފައިވެއެވ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!