ހދ. ނޮޅިވަރަންފަރު ބަނދަރު ސަރަޙައްދުގައި، އެރަށު ކައުންސިލުން ޚަރަދުކޮށްގެން އަޅާފައިވާ ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފިއެވެ.
އެރަށު ކައުންސިލުން، މީގެކުރިން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާނެއް ބާޠިލުކޮށް، އަލުން މިއަދު މިކަމަށް އިއުލާން ކޮށް، ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދަތުރުހިޔާ ސާފުކޮށް ބެލެހެއްޓުމާއެކު، އިމާރާތުން ކުއްޔަށް ދޫކުރާ ބަޔަށް ގެންނަންޖެހޭ ބަދަލުތައް އަމިއްލަ ޚަރަދުގައި ގެނެސް ކުއްޔަށް ހިފުމަށް ޝައުގިވެރިވާ ފަރާތްތަކުން މި މަހުގެ 16 ވާ ހޯމަ ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ހާޟިރުވެ މައުލޫމާތު ސާފުކުރުމަށް އެދޭކަމަށެވެ.
ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ 10:00 ގައެވެ. މައުލޫމާތު ސާފުކުރަން ހާޟިރު ނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ޤަބޫލު ނުކުރެވޭނެކަމަށްވެސް އިއުލާނުގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!