ޢުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމް ކުރުން
ކީރިތިވަންތަ ﷲ އިންސާނާ މާތްކުރައްވައި، ބިމުގައި ޚަލީފާވެރިކުރައްވާފައިވަނީ އެކަލާނގެ އެދިވޮޑިގަންނަވާގޮތުގެ މަތިން މިދުނިޔެ އާރާސްތު ކުރުމަށެވެ. އެހެންކަމުން އިންސާނުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އޯގާތެރިވެ އުޅުމަށްޓަކައި، އިސްލާމް ދީނުގައި ވަނީ ޢާއިލީ ގުޅުމާއި އިޖްތިމާޢީ ގުޅުން ދެމިއޮންނާނޭފަދަ ގޮތަކަށް އިންތިޡާމް ކުރައްވާފައެވެ. ދުނިޔެއަށް އުފަންވުމަށްފަހު އިންސާނާ ތިން މަރުޙަލާއެއް ކަނޑައްތުކުރެއެވެ. އެންމެ ފުރަތަމަ އިންސާނާ މިދުނިޔެއަށް އަންނަނީ ވަރަށް ނިކަމެތި ޙާލުގައިއެ...