ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މި އަހަރުގެ ސްކޫލު ބޮޑު ޗުއްޓީ ދުވަސްވަރު، ހިތާނުކުރުމަށް ބޭނުންވާ ކުދިން ނަންނޯޓު ކުރުމަށް މި މަހު ފުރުޞަތު ހުޅުވާލަން ނިންމައިފިއެވެ.

އެހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ސްކޫލު ބަންދުގައި ހިތާނު ކުރަން ބޭނުންވާ ކުދިން ނަން ނޯޓު ކުރުމުހެ ފުރުސަތު މި މަހު 15 ގައި ހުޅުވާލާނެއެވެ.

Ad
rt

މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އައިޖީއެމްއެޗް އިން ނަން ނޯޓު ކުރަން ހުޅުވާލާފައިވާއިރު، އެހޮސްޕިޓަލުން މި ހަރަކާތް ކުރިއަށް ގެންދާނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮންމެ އަހަރަކުވެސް އައިޖީއެމްއެޗް އިން ގިނަ އަދަދެއްގެ ކުދިން، ސްކޫލު ބަންދު ދުވަސްވަރު ހިތާނުކުރާއިރު، އެކަމަށްޓަކައި ހޮސްޕިޓަލުގައި ޚާއްޞަ އިންތިޒާމުތައްވެސް ހަމަޖައްސައެވެ.

ހަމައެހެންމެ، އެހެން ހޮސްޕިޓަލުތަކުގައިވެސް ސްކޫލު ބަންދު ދުވަސްވަރު، ހިތާނު ކޭމްޕުތައް ދަނީ ކުރިއަށް ގެންދަމުންނެވެ.