ރަށްރަށުން ކަރަންޓު ކެނޑޭއިރަށް މާލޭގައި ހުންނަ މީހަކަށް ގުޅައިގެން އާދޭސް ދެންނެވުމަށް ނިމުން ގެނެވޭނީ ރަށްރަށުގެ ރައްޔިތުންގެ ބެލުމުގެ ދަށަށް އިންޖީނުގެތައް ގެނެސް، އިޔާދަކުރަނިވި ހަކަތަ އުފެއްދުމާ ދިމާލަށް ދާއިމީ ގޮތަކަށް މިސްރާބު ބަދަލުކުރެވިގެންކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އަލީ ޙުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވިއިރު، އިއްޔެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ވަނީ ވަރަށް ގިނަ ވަގުތަށް ކަރަންޓު ކެނޑިފައެވެ.

Ad
rt

"ރަށުން ކަރަންޓު ކެނޑޭއިރަށް މާލޭގައި ހުންނަކޮންމެވެސް މީހަކަށް ގުޅައިގެން އާދޭސް ދަންނަވަން ޖެހުން ނިމުމަކަށް ގެނެވޭނީ ރަށުގެ ރައްޔިތުންގެ ސީދާ ބެލުމުގެ ދަށަށް އިންޖީނުގެ ގެނެސް އަވިން ހަކަތަ އުފެއްދުމާ ދިމާއަށް ދާއިމީގޮތަކަށް މިސްރާބު ބަދަލުކުރެވިގެން." މެންބަރު ވިދާޅުވިއެވެ.

މީގެކުރިން ރާއްޖޭގައި ރައްޔިތުން އަމިއްލައަށާއި ބައެއް ރަށްރަށުގައި ޖަމިއްޔާ ޖަމާއަތްތަކުންވެސް އިންޖީނުގެ ހިންގާފައިވެއެވެ. އެހެންނަމަވެސް، ރާއްޖޭގައި މިހާރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ ސަރުކާރު ހިއްސާވާ ދެ ކުންފުނިކަމުގައިވާ ފެނަކަ އާއި ސްޓެލްކޯ އިންނެވެ.

އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުން އަންނަކަމެއްވެސް ނޫނެވެ.