އިސްރާއީލު ބައިވެރިވާނަމަ ޔޫރޯވިޝަން ބޮއިކޮޓް ކުރާނަން: ޑަޗް ބްރޮޑްކާސްޓަރުން
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އިންސާނީ ކަތުލާއި ގުޅިގެން، އަންނަ އަހަރު ބާއްވާ ޔޫރޯވިޝަން ގާނަ މުބާރާތުގައި އިސްރާއީލު ބައިވެރިވާނަމަ، އެ މުބާރާތް ބޮއިކޮޓް ކުރުމުގައި ބައިވެރިވާނެ ކަމަށް ނެދަލޭންޑްސްގެ ޕަބްލިކް ބްރޯޑްކާސްޓަރު އެވްރޯޓްރޯސްއިން ކަށަވަރުކޮށްދީފިއެވެ. މިއީ އައިރިޝް ބްރޯޑްކާސްޓަރު އާރްޓީއީ އިންވެސް “ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި އިންސާނީ ގެއްލުންތަކާ ހުރެ” އިސްރާއީލު ބައިވެރިވާނަމަ ބައިވެރިނުވާނެ ކަމަށް ބުނުމަށްފަހު ޢިއުލާންކުރި ނިންމުމެކެވެ. ޔޫރޯވިޝަން ބޭއްވުމަށް ހަމަޖެ...