ޣައްޒާ ހަނގުރާމައަކީ އިންސާނިއްޔަތަށް ކުރިމަތިވި އަނދިރިކަމެއް: އުރްދުޣާން
ޣައްޒާ އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އިންސާނިއްޔަތުކަމުގެ އެންމެ އަނދިރި ދުވަސްވަރުތަކުގެ ތެރެއިން އެއް ދުވަސްވަރު ކަމުގައި ތުރުކީގެ ރައީސް ރެޖެޕް ޠައްޔިބް އަރްދޫޣާން ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހު، އދ. ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއްގައި ރައީސް އަރްދޫޣާން ވަނީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލައްވާފައެވެ. ރައީސް އަރްދޫޣާން ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނު އޮތޯރިޓީ އާއި ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އިސްވެރިންނަށް، އޭގެ ތެރޭ...