Skip to main content

ނާޒިމާ އަލީ

Contributor
🇲🇻 ތިލަދުން Desk
1,260 Stories
1,186 Reads

Published on ތިލަދުން (Thiladhun) by ނާޒިމާ އަލީ

ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް ދާނެކަމަށް މަންޑޭލާގެ ކާފަ ދަރިފުޅު ބުނެފި
International

ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް ދާނެކަމަށް މަންޑޭލާގެ ކާފަ ދަރިފުޅު ބުނެފި

އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންނާއެކު ޓިއުނީޝިއާއިން ފުރާ އެހީގެ އުޅަނދެއްގައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވާނެކަމަށް ދެކުނު އެފްރިކާގެ އެޕާޓައިޑް ދެކޮޅު މަޝްހޫރު ލީޑަރު، ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ކާފަ ދަރިފުޅު، މަންޑްލާ މަންޑޭލާ ބުނެފިއެވެ. މަންޑްލާ މަންޑޭލާ މިކަން ހާމަކޮށްފައި ވަނީ ޓިއުނޭޝިއާގައި ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ. “ދެކުނު އެފްރިކާގެ ވަފުދުގެ ހައިސިއްޔަތުން،...

ޓްރަމްޕައްވުރެ ކެލިފޯނިއާގެ ގަވަރުނަރުގެ މަގުބޫލުކަން އިތުރު!
International

ޓްރަމްޕައްވުރެ ކެލިފޯނިއާގެ ގަވަރުނަރުގެ މަގުބޫލުކަން އިތުރު!

އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމްގެ މަޤްބޫލުކަން، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ މަތިވެފައިވާކަމަށް ނިއުސްވީކްގެ ރިޕޯޓެއްގައި ބުނެފިއެވެ. ދެ ސާވޭ އަކާއި ހަވާލާދީ ނިއުސްވީކުން ރިޕޯޓްކޮށްފައިވާގޮތުން، އެ ދެ ސާވޭ ދައްކާގޮތުގައި ކެލިފޯނިއާގެ ގަވަރުނަރު ނިއުސަމްގެ މަޤްބޫލުކަން ޓްރަމްޕަށްވުރެ 5 އިންސައްތަ އުޅެނީ މަތީގައެވެ. ނިއުސަމް އަށް ލިބުނު މި ކުރިއެރުމަކީ ފަހަކަށް އައިސް އޭނާގެ ސިޔާސީ ޕްރޮފައިލް މަތިވުންކަމަށް ރިޕޯޓްގައި ފާހަގަކޮށ...

ފްރާންސްގައި 11 މިލިއަން ޑޮލަރުގެ "ޤައުމީ ތަރިކަ" ވަގަށް ނަގައިފި
International

ފްރާންސްގައި 11 މިލިއަން ޑޮލަރުގެ "ޤައުމީ ތަރިކަ" ވަގަށް ނަގައިފި

ފްރާންސްގެ ލިމޯޖް ސިޓީގައި ހުންނަ އެޑްރިއަން ޑުބޫޝް ނެޝަނަލް މިއުޒިއަމުން ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (9.5 މިލިއަން ޔޫރޯ) އަގުކުރެވޭ، ޤައުމީ ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ފަށުވި އެތި، ބުރާސްފަތި ދުވަހުގެ ފަތިހު ވަގަށް ނަގައިފިއެވެ. މިކަން މިއުޒިއަމުން ވަނީ ހާމަކޮށްފައިވާއިރު، މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ދިން، ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި، މިވައްކަން ހިންގާފައިވަނީ ފަތިހު 3:15 ހާއިރުއެވެ. ވަގުން ވަނުމަށްޓަކައި މިއުޒިއަމްގެ ކުޑަދޮރ...

ހާވާޑަށް ޓްރަމްޕްގެ މައްޗަށް ކާމިޔާބު
International

ހާވާޑަށް ޓްރަމްޕްގެ މައްޗަށް ކާމިޔާބު

އެމެރިކާގެ މަޝްހޫރު ހާވާޑް ޔުނިވަރސިޓީއަށް ދޭންޖެހޭ 2 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފެޑެރަލް ރިސާރޗް ގްރާންޓްތައް ހިފެހެއްޓުމަށް ޓްރަމްޕްގެ އިދާރާއިން ކުރި މަސައްކަތަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް، އެ ޤައުމުގެ ފެޑެރަލް ފަނޑިޔާރު އެލިސަން ބަރޯސް، ބުދަ ދުވަހު ނިންމަވައިފިއެވެ. މި ނިންމުމަކީ ފެޑެރަލް ސަރުކާރާއި ހާވާޑާ ދެމެދު ހިނގަމުންދިޔަ ދިގު ހަނގުރާމައެއްގައި ޔުނިވަރސިޓީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ފަރާތުން އައްޔަންކޮށްފައިވާ އެމެރިކާގެ ޑިސްޓް...

''ހިންދު ރަޖަބުގެ އަޑު'' ފިލްމުން ލޮލުންކަރުނަ، ގުގުމާލީ ''ފްރީ ފަލަސްތީން'' ގެ އަޑު
International

''ހިންދު ރަޖަބުގެ އަޑު'' ފިލްމުން ލޮލުންކަރުނަ، ގުގުމާލީ ''ފްރީ ފަލަސްތީން'' ގެ އަޑު

ޣައްޒާގައި އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން އަނިޔާވެރިކަމާއެކު ޝަހީދުކޮށްލި 6 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ކަމަށްވާ ހިންދު ރަޖަބުގެ ފަހު ވަގުތުކޮޅުގެ ހިތާމަވެރި ވާހަކަ ކިޔައިދޭ، ”ދަ ވޮއިސް އޮފް ހިންދު ރަޖަބް” (ހިންދު ރަޖަބުގެ އަޑު) ފިލްމަށް، ވެނިސް ފިލްމު ފެސްޓިވަލުގައި ވަރަށްބޮޑަށް ތަޢުރީފްކޮށްފައިވާއިރު، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ބެލުންތެރިންގެ ލޯތައް ވަނީ ކަރުނުން ފޯކޮށްލާފައެވެ. 82 ވަނަ އިންޓަނޭޝަނަލް ވެނިސް ފިލްމް ފެސްޓިވަލްގައި ބުދަ ދުވަހު ބޭއްވި، “ހިންދު ރަޖަބުގެ އ...

ސީރިއާގެ ކުރީގެ ރައީސް އަސަދު ހައްޔަރުކުރުމުގެ އަމުރެއް ފްރާންސްގެ ކޯޓަކުން ނެރެފި
International

ސީރިއާގެ ކުރީގެ ރައީސް އަސަދު ހައްޔަރުކުރުމުގެ އަމުރެއް ފްރާންސްގެ ކޯޓަކުން ނެރެފި

ސީރީއާގެ ކުރީގެ ރައީސް ބަޝާރު އަލް-އަސަދުގެ ވެރިކަމުގައި އެ ގައުމުގެ ހޮމްސް ސިޓީގައި ހުރި ނޫސްވެރިންގެ މަރުކަޒަކަށް ބޮން އެޅުމާއި ގުޅިގެން ނޫސްވެރިންތަކެއް މަރުވެފައިވާ މައްސަލާގައި، ސީރިއާގެ ކުރީގެ ރައީސް އަސަދާއި އެ ޤައުމުގެ ކުރީގެ އިސް 7 އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރެއް ފްރާންސްގެ ކޯޓަކުން ނެރެފިއެވެ. ފްރާންސްގެ ކޯޓަކުން މި އަމުރު ނެރެފައިވާ ކަމަށް ޝަރުޢީ މަސްދަރަކާއި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާއަކާއި ހަވާލާދީ ”އަލްޖަޒީރާ”ގައި ރިޕޯޓްކޮށްފައިވާއިރު، މި އަމުރާއި ގުޅޭ ހާދިސާ ހިނގާފައި ވ...

މެޓާއިން ތަރިންގެ ހުއްދަނެތި ޗެޓްބޮޓްތަކެއް ހެދުމުން ކަންބޮޑުވުން
International

މެޓާއިން ތަރިންގެ ހުއްދަނެތި ޗެޓްބޮޓްތަކެއް ހެދުމުން ކަންބޮޑުވުން

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މެޓާ އިން ވަނީ، މަޝްހޫރު ފަންނާނުން ކަމަށްވާ ސެލީނާ ގޮމެޒް، އޭން ހެތަވޭ އަދި ޓޭލަރ ސްވިފްޓް ފަދަ މަޝްހޫރު ތަރިންގެ ހުއްދައަކާ ނުލައި، އެމީހުންގެ ނަމާއި ސިފަތައް ބޭނުންކޮށްގެން ޗެޓްބޮޓްތަކެއް ތައްޔާރުކޮށްފައިވާ ކަމަށް ރޮއިޓަރސް އިން ހޯދާފައިވާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ. މިކަމުގެ ސަބަބުން ސައިބަރު ސަލާމަތާއި، ފަރުދީ މައުލޫމާތުގެ ގަވާއިދުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ރޮއިޓަރސް އިން ހޯދާފައިވާ މައުލޫމާތު...

ފަލަސްތީނު އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމުން ބަލައެއް ނުގަނެވޭނެ: ސްޕޭން
International

ފަލަސްތީނު އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމުން ބަލައެއް ނުގަނެވޭނެ: ސްޕޭން

ފަލަސްތީނުގެ އޮފިޝަލުންނަށް އެމެރިކާއިން ވިސާ ދޫކުރުން މަނާކުރުމަށް ނިންމި ނިންމުން ސްޕެއިންއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ. އެމެރިކާއިން ވަނީ ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އާއި އިތުރު 80 އޮފިޝަލުން އެގައުމަށް އެތެރެވުން މަނާކޮށް ވިސާ ނުދޭން ނިންމާފައެވެ. ސްޕެއިންގެ ފޮރިން މިނިސްޓަރ ޖޯސޭ މެނުއެލް އަލްބާރެސް ވިދާޅުވީ، މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަންވާނެ ކަމެއް ނޫން ކަމަށެވެ. ކޯޕަންހޭގަންގައި ބޭއްވުނު އީޔޫ ފޮރިން މިނިސްޓ...

އެމެރިކާގެ ނިންމުން ބަދަލުކޮށް ރައީސް އައްބާސް އަށް ވިސާ ދޫކުރުމަށް ފަލަސްތީނުން ގޮވާލައިފި
International

އެމެރިކާގެ ނިންމުން ބަދަލުކޮށް ރައީސް އައްބާސް އަށް ވިސާ ދޫކުރުމަށް ފަލަސްތީނުން ގޮވާލައިފި

އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ފުރުސަތުދީ، ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްގެ އަލުން ވިސާ ދޫކުރުމަށް އެ ޤައުމުން، އެމެރިކާއަށް ރަސްމީކޮށް ގޮވާލައިފިއެވެ. އަންނަ މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސާއި، އެ ގައުމުގެ އިސް 80 އޮފިޝަލުން އެމެރިކާ އަށް އެތެރެނުވެވޭނެހެން ހަދަން އެމެރިކާއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ރައީސް އައްބާސަށް ވިސާ ނުދިނުމަށާއި، 80 އޮފިޝަލުން ތެރެއިން މިހާރު ވިސާ ދީފައިވާ މީ...

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އަނބިކަނބަލުންނާއި ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ދައުވާ އުފުލައިފި
International

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އަނބިކަނބަލުންނާއި ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ދައުވާ އުފުލައިފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް-ޔޯލްގެ އަނބިކަނބަލުން ކިމް ކިއޮން-ހީ އާއި އޭނާގެ ކުރީގެ ބޮޑުވަޒީރު ހަން ޑަކް-ސޫ ގެ މައްޗަށް ހުކުރު ދުވަހު ދަޢުވާ އުފުލައިފިއެވެ. މިއީ ޔޫންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ ދެކޮޅުވެރިކަން ނައްތާލުމަށް މާޝަލް ލޯ އިޢުލާންކުރުމުގެ މައްސަލަ ތަޙުޤީޤުކުރުމުގެ ތެރެއިން ކުރެވުނު ދަޢުވާތަކެކެވެ. ޔޫން އޭނާގެ އެޖެންޑާއަށް ހުރަސްއަޅާ އިދިކޮޅު ޕާޓީތަކުގެ މެޖޯރިޓީ އޮތް މަޖިލިސް ކޮންޓްރޯލްކުރުމަށް ކުއްލިއަކަށް މާޝަލް ލޯ އިޢުލާންކުރުމުން، ދެކުނު ކޮރެއާގެ އެންމެ ނުރައްކ...

ތައިލެންޑްގެ ދުސްތޫރީ ކޯޓުން އެ ގައުމުގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި
International

ތައިލެންޑްގެ ދުސްތޫރީ ކޯޓުން އެ ގައުމުގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި

ތައިލެންޑުގެ ދުސްތޫރީ ކޯޓުން، ވަގުތީގޮތުން މަޤާމުން ދުރުކޮށްފައި ހުންނެވި އެ ޤައުމުގެ ބޮޑުވަޒީރު ޕައެޓޯންގްޓަރން ޝިނަވަތްރާ މަޤާމުން ވަކިކުރުމަށް ނިންމައިފިއެވެ. މި ޙުކުމް އައިސްފައިވަނީ ކެމްބޯޑިއާގެ ކުރީގެ ވެރިޔާ ހުން ސެންއާއެކު ތައިލެންޑުގެ ބޮޑުވަޒީރު ކުރެއްވި ފޯނު މުޢާމަލާތަކާ ގުޅިގެން އަޚްލާޤީ ގޮތުން އެކަށީގެންނުވާ ޢަމަލެއް ހިންގިކަމަށް ދަޢުވާކޮށް ހިންގުނު ޝަރީޢަތަކަށް ފަހުގައެވެ. ހުކުރު ދުވަހު އިއްވި މި ޙުކުމާއެކު ޕައެޓޯންގްޓަރންއަކީ 2008 އިން ފެށިގެން ތައިލެންޑުގެ ފަނޑިޔާރުން މަޤާމުން ވަކި...

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރަން އެމްޓީސީސީ އަށް
Business

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރަން އެމްޓީސީސީ އަށް

އއ. ތޮއްޑޫގެ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. 52 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ....

ހަނގުރާމަ ހުއްޓާލުމުގެ އައު ހުށަހެޅުން ޤަބޫލުކޮށް ހަމާސްއިން ދިން ޖަވާބު އިސްރާއީލުން ދިރާސާ ކުރަނީ
International

ހަނގުރާމަ ހުއްޓާލުމުގެ އައު ހުށަހެޅުން ޤަބޫލުކޮށް ހަމާސްއިން ދިން ޖަވާބު އިސްރާއީލުން ދިރާސާ ކުރަނީ

މިސްރާއި ޤަޠަރުގެ މެދުވެރިކޮށް ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އައު ހުށަހެޅުން ޤަބޫލުކޮށް ހަމާސްއިން ދިން ޖަވާބު ދިރާސާ ކުރަމުން އަންނަކަމަށް ޖައްބާރު އިސްރާއީލުން ބުނެފިއެވެ. ފަލަސްޠީނުގެ ޖަމާޢަތް ޙަމާސްއިން ހޯމަ ދުވަހު ބުނެފައިވަނީ، މިސްރާއި ޤަޠަރުގެ މެދުވެރިންގެ ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން އެ ޖަމާޢަތުން ޤަބޫލުކޮށްފައިވާ ކަމަށެވެ. ޙަމާސްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، މި ހުށަހެޅުން ޤަބޫލުކުރިކަން މެދުވެރިންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، ހުށަހ...

ޖޯޓާގެ ހަނދާނުގައި ސޮލާހްގެ ލޮލުން ކަރުނަ، ސަޕޯޓަރުންނާއެކު ޖަޒުބާތީ ވަގުތުކޮޅެއް
Sports

ޖޯޓާގެ ހަނދާނުގައި ސޮލާހްގެ ލޮލުން ކަރުނަ، ސަޕޯޓަރުންނާއެކު ޖަޒުބާތީ ވަގުތުކޮޅެއް

ބޯންމަތު އާ ދެކޮޅަށް ކުޅުނު މެޗުގައި ފެޑެރިކޯ ކިއެސާ 88 ވަނަ މިނެޓުގައި ލިވަޕޫލްއަށް ލީޑު ހޯދައިދިނުމަށްފަހު، އިންޖަރީ ޓައިމްގެ ފަހު ވަގުތުގައި ލިވަޕޫލްގެ މިސްރުގެ ތަރި މުޙައްމަދު ޞަލާޙް ވަނީ އެޓީމަށް މެޗު ކަށަވަރުކޮށްދީފައެވެ. މި މެޗުގެ 94 ވަނަ މިނިޓްގައި ޞަލާޙް ޖެހި މިގޯލަށްފަހު އޭނާ  ކޮޕް ސްޓޭންޑާ ދިމާއަށް ދުވެފައި ގޮސް، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާ އެ ޓީމްގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ޑިއޯގޯ ޖޯޓާ ގޯލް ޖެހުމަށްފަހު […]

އާ އަހަރުގެ ބަންދުގައި ބޮޑު ބަޔަކަށް ގަދަ ވިއްސާރަ
Raajje

އާ އަހަރުގެ ބަންދުގައި ބޮޑު ބަޔަކަށް ގަދަ ވިއްސާރަ

އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެއެވެ. މިގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، އަަދި ބައެއް އަތޮޅުތަކުގެ ރަށްތަކަށް އުދައެރުމުގ...