ބޯންމަތު އާ ދެކޮޅަށް ކުޅުނު މެޗުގައި ފެޑެރިކޯ ކިއެސާ 88 ވަނަ މިނެޓުގައި ލިވަޕޫލްއަށް ލީޑު ހޯދައިދިނުމަށްފަހު، އިންޖަރީ ޓައިމްގެ ފަހު ވަގުތުގައި ލިވަޕޫލްގެ މިސްރުގެ ތަރި މުޙައްމަދު ޞަލާޙް ވަނީ އެޓީމަށް މެޗު ކަށަވަރުކޮށްދީފައެވެ.

މި މެޗުގެ 94 ވަނަ މިނިޓްގައި ޞަލާޙް ޖެހި މިގޯލަށްފަހު އޭނާ ކޮޕް ސްޓޭންޑާ ދިމާއަށް ދުވެފައި ގޮސް، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާ އެ ޓީމްގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ޑިއޯގޯ ޖޯޓާ ގޯލް ޖެހުމަށްފަހު އާންމުކޮށް ދައްކާ އިޝާރާތް ވަނީ ސަޕޯޓަރުންނަށް ދައްކާފައެވެ. އަދި މެޗަށްފަހު، މިޞްރުގެ ސްޓްރައިކަރު ވަނީ ސަޕޯޓަރުންނާއެކު ޖަޒުބާތީ ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

Ad
rt

ގިނަ ޓީމްމޭޓުން ދަނޑުން ނިކުމެ ދިޔައިރުވެސް، ޞަލާޙް ވަނީ ކޮޕް ސްޓޭންޑާ ދިމާއަށް ކުރިމަތިލައިގެން ހުއްޓި ހުރެ ސަޕޯޓަރުން އެއްއަޑުން ޖޯޓާގެ ލަވަ ކިޔަމުންދިޔައިރު ބަލަހައްޓައިގެން ހުރެފައެވެ. އެމަންޒަރު ބަލަންހުރި ސަލާހަށް ކަރުނަ ނުހިފެހެއްޓި، އޭނާގެ އެކުވެރިޔާގެ ހަނދާނުގައި ރޮވެން ފެށިއެވެ. އަދި ފަހުން ސަޕޯޓަރުންނަށް އަތްތިލަބަޑިޖަހައި، ހިތްވަރު ދިނުމަށްފަހު ސަލާޙް ވަނީ ދަނޑުން ނިކުމެ ގޮސްފައެވެ.

ޞަލާޙް ސަޕޯޓަރުންނާއި ކުރިމަތިލައިގެން ހުއްޓި،

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ނިމުނު އިރުގެ މަންޒަރުތައް ފެނުނީ އިހްސާސްތަކުން ފުރިގެންވާ ރޭގަނޑެއްގެ ނިމުމެއްގެ ގޮތުގައެވެ. އަދި ރޭގަނޑު ފެށުނީ މެޗު ފެށުމުގެ ކުރިން ކުރެވުވުނު ހަނދާނީ އަދާކުރުންތަކާ އެކުގައެވެ.

4-2 ލަނޑުން ބޯންމައުތުގެ މައްޗަށް ލިވަޕޫލް ކުރި ހޯދި މި މެޗުގައި ޞަލާޙްގެ އިތުރުން ހިއުގޯ އެކިޓިކޭ އާއި ކޯޑީ ގަކްޕޯ ވެސް ވަނީ ގޯލު ޖެހުމަށްފަހު ޖޯޓާއަށް ޓަކައި އިޙްތިރާމް އަދާކޮށްފައެވެ. އެކިޓިކޭ އާއި ގަކްޕޯ ވަނީ އިނގިލިތަކުން 20 ގެ ނަންބަރު ދައްކާފައެވެ.

މެޗު ފެށުމުގެ ކުރިން ބޯންމަތުގެ ސަޕޯޓަރުން ވެސް ވަނީ ޖޯޓާއަށް އިޙްތިރާމް އަދާކޮށްފައެވެ. އެގޮތުން އެ ސަޕޯޓަރުން ވަނީ "ދިއޯގޯ ޖޯޓާ، 20، ޓުގެދަރ" މިހެން ލިޔެފައިވާ ބޮޑު ބޯޑެއް ނަގާފައެވެ.

ޖޯޓާގެ އަންހެނުން ރޫތް އާއި އާއިލާގެ މެންބަރުން މެޗު ބަލަން ތިއްބާ، ލިވަޕޫލް ސަޕޯޕޯޓަރުން ވަނީ ކޮޕް ސްޓޭންޑުގައި ބޮޑެތި ބޯޑުތަކެއް ނަގާފައެވެ. އޭގެ ތެރެއިން އެއް ބޯޑުގައި އެ ޢާއިލާއާއި އެކުގައި އެމީހުން ވެސް ތިބިކަމުގެ މެސެޖު ވަނީ ދީފައެވެ.

28 އަހަރުގެ ޑިއޯގޯ ޖޯޓާ އަދި އޭނާގެ 25 އަހަރުގެ ކޮށްކޮ އަންދްރޭ ސިލްވާ،، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވީ 3 ޖުލައި 2025 ގައެވެ. ޖޯޓާގެ މަރުވެފައި ވަނީ އޭނާގެ ލޯބިވެރިޔާއާއި ކައިވެނިކޮށް، "އާނއެކެވެ، އަބަދަށް" މިހެން ސޯޝަލް މީޑިއާގައި ލިޔުމަށްފަހު ހަފްތާތަކެއް ފަހުންނެވެ. ޖޯޓާގެ ކޮށްކޮ ސިލްވާ ކުޅުނީ ޕޯޗުގަލްގެ ޕެނަފީލް ކްލަބަށް، ދަށު ޑިވިޜަންތަކުގައެވެ.

މުޅި ފުޓްބޯޅަ ދުނިޔެއިން ވެސް ވަނީ ޖޯޓާ ވަކިވުމުގެ ހިތާމަ ފާހަގަކޮށްފައެވެ.