ހދ.ނޮޅިވަރަމް ޕޮލިސް ޑެސްކާއި ހދ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އަދި ނޮޅިވަރަމް ސުކޫލް ގުޅިގެން އެސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ގޮތުން ސެޝަންތަކެއް ނަގައިދީފިއެވެ.

މި ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް ގަނާ ހުރުމަކީ ކޮބައިކަމާއި، ގަނާގެ ސަބަބުން ކުރިމަތިވާ ނަފްސާނީގެއްލުން ތަކާއި ގަނާގެ ޝިކާރައިން ސަލާމަތް ވާނެގޮތްތައް ބުނެދީފައި ވެއެވެ.

Ad
rt

މީގެ އިތުރުން މަގުމަތީގައި އުޅޭއިރު ދިމާވާ ކަންކަން މައިންބަފައިންނާއި ހިއްސާކުރުމަށާއި އެފަދަކަމެއް ދިމާވުމުން އެކަން ސިއްރުނުކޮށް އެފަދަ ްކަމެއް ކުރިމަތިވާނަމަ އެޅިދާނެ ފިޔަވަޅުތައް ބުނެދީ ދަރިވަރުން ވަނީ ހޭލުންތެރިކުރުވާފައެވެ.

ދަރިވަރުންނަން މަގުމަތީގައި ސަމާލުކަން ދޭންވީ ކަންކަން ބުނެދީފައި ވާއިރު ބެލެނިވެރިންނަށް ކުރިޔަށް ގެންދިޔަ ސެޝަންގައި ގެވެށި އަނިޔާއާއި އެކަމުން ސަލާމަތްވާނެ ގޮތްތަކާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ޤާނުނުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބުތައް ބުނެދީ ހޭލުންތެރިކުރުވާފައިވެއެވެ.

މިސެޝަންތައް ނަގައިދީފައިވަނީ ނޮޅިވަރަމް ޕޮލިސް ޑެސްކުގައި މަސައްކަތް ކުރަމުން އަންނަ ޕޮލިސް ސްޓާފް ސާރޖަންޓް އުސައިމާ ޔާނީ އާއި ހދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރ ގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.