100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ނ. މަނަދޫއަށް ތައާރަފްކޮށްފިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަނެޓްގެ ހިދުމަތް ބޭނުން ކުރާ ފަރަތްތަކަށް ލިބޭނެ ކަމަށާއި މިހާރު މަނަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް ސުޕަނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

Ad
rt

އެގޮތުގެ މަތިން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް މަނަދޫގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއެކު އިންޓަރނެޓްގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ބޮޑެތި ޑާޓާ އެލަވަންސްއާއި އެކު ފުރިހަމަ ޕެކޭޖް ތަކެއްލިބޭނެކަމަށާއި ޚިދުމަތް ހޯދާލުމަށް އެންމެ ކައިރީގައިވާ އޫރިދޫ ޕާރޓްނަރ ސޮޕް އަކަށް ޒިޔާރަތް ކުރެއްވުމަށް ނުވަތަ އޮންލައިންކޮށް އެޕްލައިކޮށްލުމަށް އެދިފައިވެއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަރނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. މިގޮތުން، މަނަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި، އިންޓަރނެޓްގެ ޚިދުމަތް ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އުރީދޫން ވަނީ 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް އޮމަދޫ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޖުލައި 9 ވަނަ ދުވަހު ލ. މާމެންދޫއަށް ވެސް އުރީދޫ ސުޕަނެޓްގެ ހިދުމަތް ވަނީ ތައާރަފްކޮށްފައެވެ. އަދި މިދިޔަ މަހު ވަނީ ޅ. ނައިފަރަށްވެސް މިޚިދުމަތް ތަޢާރަފްކޮށްފަ އެވެ.