ކުޑަކުދިންގެ މެދުގައި މަޤްބޫލު ނެށުންތެރިޔާ ރޮބޯމޭން އާއެކު ހަނިމާދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރާ އެކު އެރަށު ކުޑަކުދިން ހެއްވާލައިފި އެވެ.
ކޮންމެ ޢީދެއްގައިވެސް ކޮންމެވެސް އެއް ރަށަކުން ރޮބޯ މޭންގެ ހަރަކާތްތައް ފެންނަމުން އަންނައިރު، މިފަހަރު ރޮބޯމޭންގެ ހަރަކާތްތައް ދައްކާލާފައިވަނީ ހަނިމާދޫގައެވެ. ކުޑަ ކުދިންގެ ހަވީރުން ރޮބޯ މޭންގެ ކުޅަދާނަކަން ފެނިގެން ދިޔައިރު، ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ހަނިމާދޫގެ ކުޑަ ކުދިންނަށް އެންމެ ކަމުގޮސްފައިވަނީ ރޮބޯ މޭންގެ ހަރަކާތްކަން ފާހަގަ ކޮށްލެވެއެވެ.
"ރޮބޯ މޭން އަސްލު އެންމެ ސަޅިއީ. ވަރަށް އެންޖޯއި ކުރިން މިއަދު" ހަނިމާދޫ އިން "ތިލަދުން" އާ ވާހަކަ ދެއްކި ކުޑަ ކުއްޖަކު ބުނެފައިވެއެވެ.
އީދު ފެސްޓިވަލްގެ ތެރޭގައި "ރޮބޯމޭން" އާއެކު އެ ރަށުގައި ގިނަ ހަރަކާތްތަކެއް ކުރި އަށް ގެންދިޔަ އެވެ. އަދި "ސަޕްރައިޒް ގިފްޓް" ގެ ގޮތުގައި ގިފްޓް ޕެކް ތަކެއް ވަނީ ބަހާފަ އެވެ. މީގެ އިތުރުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ވާދެދުމާއި ކޭން ކެއުން އަދި ވޮލީ ބޯޅަ ކުޅުމާއި ފިރިހެނުންގެ ބައިބަލާގެ އިތުރުން ސްޓޭޖް ޝޯ އެއް ވެސް ހިމެނެ އެވެ.
ރޮބޯމޭންއަކީ ރޮބޮޓުގެ ހަަރަކާތްތައް ޑާންސެއްގެ ގޮތުގައި ގެނެސްދޭ ކެރެކްޓާއެކެވެ. ކޮންމެ ޖޯންރާއެއްގެ ލަވައަކަށްވެސް އެ ކެރެކްޓާގެ ހުށަހެޅުންތައް ފައްކާ ކޮށްލައެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް ދިގު ދެމިގެންދާ އީދު ކުޅިވަރުތަކުގެ ފަހު ދުވަހު އަންހެނުންގެ މަސް ރޭހަކާއި ރައްޔިތުންނާއެކު ބާއްވާ ބާބެކި އުއެއް ވެސް އޮތެވެ.
އީދު ފާހަގަ ކުރުމުގެ ގޮތުން ހެޕީމާކެޓުގެ އެހީގައި "ހެޕީމާކެޓް އީދު އުފާ 1440 އެޓް ހަނިމާދޫ" ގެ ނަމުގައި ހަނިމާދުގާއި ވަނީ ގިނަ ހަރަކާތް ތަކެއް ކުރި އަށް ގެންގޮސްފައެވެ. މި ހުރިހާ ހަރަކާތް ތަކެއް އިންތިޒާމު ކުރަނީ އެ ރަށުގެ ތިން ޖަމިއްޔާ އަކުންނެވެ. މި އީދު ފެސްޓިވަލްގެ ތެރޭގައި އެ ކުންފުނިން ވިއްކާ ރަޝިއާގެ އެން-ނޫރު ބްރޭންޑާއި ބްރެޒިލްގެ ސީރާ ބްރޭންޑް ވަނީ އިޝްތިހާރު ކޮށްފަ އެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!