ހދ. ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނެ ހދ. ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ނަވާވީސްވަނަ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން މެމްބަރު ޢަބްދުލްޣަފޫރު ވިދާޅުވީ ހދ. ހަނިމާދޫ ދާއިރާގައި ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނެކަމަށާއި އަދި ހަނިމާދޫގެ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ހިނގާނެކަމަށަވެ. އަދި އޭގެއިތުރަށް ނައިވާދޫއާއި، ހިރިމަރަދޫއާއި، ފިނޭގެ ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓެއް ހުހެއްނުވާ ކަމަށާއި ބަޖެޓުގައި އެކުލެވިފާ ހުރި ހުރިހާ ކަމަެއް މި އަހަރުތެރޭގައި ހިނގާދާނެ ކަމަށެވެ. އަދި ބަޖެޓުން ހުސްވީ 13 ބިލިއަން ރުފިޔާ ކަމަށާއި އޭގެ އިތުރުން ކުރިޔަށް އޮތް 4 މަހު ޚަރަދު ކުރަން 17 ބިލިއަން ރުފިޔާ ބާކީ އެބައޮތް ކަމަށެވެ.
ރައްޔިތުންނަށް ހުރިހާ ކަމެއް ސާފުވޭ. ބަޖެޓުގައި އެހެރަ ހުރިހާ ކަމެއް މި އަހަރު ތެރޭގައި ހިނގާދާނެ
މެމްބަރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އިޚުލާޞްތެރިކަން މި ސަރުކާރުން ހާމަކޮށްދޭ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ މުހުތާދުތައް މި ސަރުކާރުން ފުއްދައިދޭނެ ކަމަށެވެ. އަދި މި ސަރުކާރުގެ އިޚުލާޞްތެރިކަން އޮތް މިންގަނޑު ރައްޔިތުންނަށް އެނގޭކަމަށާއި ކަންކަން އޮޅިގެނެއް ނޫޅޭކަމަށް މެމްބަރު ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަ ދައްކަމުން މެމްބަރު އަބްދުލްޣަފޫރު އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ 2008 އިން 2012 އަށް އޮތް ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށާއި އަނެއްކާވެސް އެވާހަަކަ ދައްކަމުން މިދަނީ ހިނގަމުން މިދާ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.
"ރައްޔިތުން ތިބީ މި ސަރުކާރާ އެ އްކޮށް. ރައްޔިތުން ތަރައްޤީ ބޭނުންވޭ އެބަ. އަޅުގަނޑުމެން ދެމެހެއްޓެނިވި ތަރައްޤީ މި ޤައުމަށް ގެންނާނީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، އެމް.ޑީ.ޕީގެ ވެރިކަމެއް މިއީ. މިއީކީ އަޅުގަނޑުމެންނަށް އޮޅިގެން އުޅޭ ކަންކަމެއް ނޫން" ޖަލްސާގައި ވާހަކަ ދައްކަމުން މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ އެމްޑީޕީއިން ވެރިކަމަަށް އައީ ސިޔާސަތަކައިގެން އަދި އެ ސިޔާސަތު ތަންފީޒުކުރާނެ ގޮތްތަކެއް ހޯދައިގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!