ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ(އތމކ) ގުޅިގެން ކުރިއަށް ގެންދިޔަ "ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026"ގެ ރިހެން ޑިވިޝަންގެ ތަށި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް (ޒެޑްވައިއެލް) އަދި އަންހެން ޑިވިޝަންގެ ތަށި ޔުނީކް ފްރެންޑްސް ހޯދައިފިއެވެ.
ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖު 2026ގެ ފިރިހެން ޑިވިޝަންގެ ރަނަރަޕް ޓީމަކީ މަގުލަސް ކްލަބެވެ. އަންހެން ޑިވިޝަންގެ ރަނަރަޕް ޓީމަކީ ''ފައިވް''އެވެ.
އިއްޔެ އާއި ރޭގައި ކުޅުނު ފައިނަލް މެޗުތަކުގައި ޒެޑްވައިއެލް އިން ތަށި ހޯދީ 2-0 އިން މަގުލަސް ބަލިކޮށްގެންނެވެ. ޔުނީކް ފްރެންޑްސް ތަށި ހޯދީ 0-1ގެ ހަނި ނަތީޖާއަކުން ފައިވްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޒެޑްވައިއެލްގެ މުހައްމަދު އަނޫސް އާދަމް އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނީކް ފްރެންޑްސްގެ އާމިނަތު ސަހްލާ އެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިން
ފިރިހެން ޑިވިޝަން
އަސްޖައު މޫސާ – މަގުލަސް ކުލަބް
ހުސެއިން އަހްމަދު – ޒެޑްވައިއެލް
މުހައްމަދު އަނޫސް އާދަމް – ޒެޑްވައިއެލް
ހުސެއިން އަބްދުއްރަޝީދު (ބިގޭ) – ޒެޑްވައިއެލް
އަމްޖަދު މޫސާ (ގޯލްކީޕަރު) – މަގުލަސް ކުލަބް
އަންހެން ޑިވިޝަން
އާމިނަތު ލައުޒާ – ފައިވް
އާމިނަތު ސަހްލާ – ޔުނީކް ފްރެންޑްސް
އާމިނަތު ހަސަން – ޔުނީކް ފްރެންޑްސް
މުޒްނާ ހަސަން – ފައިވް
ޝަމްސުއްނިސާ ހުސެއިން – ޔުނީކް ފްރެންޑްސް
މި މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހައިގެން އަންހެން ޑިވިޝަންގެ ރަންބޫޓް ހޯދީ ފައިވްގެ އާމިނަތު ލައުޒާ އެވެ. އޭނާ ވަނީ މުބާރާތުގައި 6 ގޯލް ޖަހާފައެވެ. ފިރިހެން ޑިވިޝަންގެ ރަން ބޫޓު ހޯދީ 8 ގޯލް ޖެހި މަގްލަސް ކްލަބްގެ އަސްޖައު މޫސާއެވެ.
10 އޮކްޓޯބަރުގައި ފެށި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އަންހެން އަދި ފިރިހެން ޑިވިޝަނަށެވެ. އެ ގޮތުން އަންހެން ޑިވިޝަންގެ 5 ޓީމު ވާދަކުރީ ލީގު އުޞޫލުންނެވެ. އަދި ފިރިހެން ޑިވިޝަނުގައި ވާދަކުރި 16 ޓީމުގެ މެޗުތައް ކުރިއަށް ގެންދިޔައީ ގްރޫޕް ސްޓޭޖު އުސޫލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!