ހދ. ނޭކުރެންދޫގެ ގޭބިސީތަކުންނާއި، ފިހާރަތަކުން އަދި އެނޫން ވެސް އެކި ތަންތަނުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވާތީ، އެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ނޭކުރެންދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
އެ ގޮތުން، 1 ނޮވްމެބަރ 2026 އިން ފެށިގެން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށާނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
އެހެންކަމުން، އެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 25 އޮކްޓޫބަރ 2026ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.
މީގެއިތުރުން ނޭކުރެންދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، ކުނިނެގުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ފާސްކޮށްފައިވާ ކުނިއުކާލުމާއި ކުނި ނައްތާލުމުގެ އުޞޫލާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!